
މާފުށީ ޖަލުގެ ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވެފައިވާ ގައިދީންނަށް މިއަދު އާއިލާއާއިއެކު އީދު ސައި!
# މާފުށީ ޖަލު--
މާފުށީ ޖަލުގެ ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވެފައިވާ ގައިދީންނަށް މިއަދު އާއިލާއާއިއެކު އީދު ސައެއް ބާއްވައިފި އެވެ.

ކަރެކްޝަނަލް ސާވިސްއިން މިއަދު ބުނީ ބަރަކާތްތެރި އަޟްހާ ޢީދުގެ މުނާސަބަތުގައި، މާފުށީ ޖަލުގެ ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިފައިވާ ޤައިދީންނަށާއި އެފަރާތްތަކުގެ ޢާއިލާތަކަށް ޚާއްސަ ސައިފޮދެއް މިއަދު ހެނދުނު އެޖަލުގެ ޞަގާފީ ގޯތިީގައި ބާއްވާފައިވާ ކަމަށެވެ.
މިއާއިލީ ހަފްލާގައި 100 ގައިދީންނާއި ޢާއިލާތަކުގެ މެންބަރުން ބައިވެރިވެފައިވާ ކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައި އެވެ. މީގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއާއި، ޑެޕިއުޓީ ކޮމިޝަނަރއާއި މާފުށި ޖަލުގެ ޑައިރެކްޓަރާއި ސީނިއަރ އޮފިސަރުންނާއި މުވައްޒަފުންވެސް ވަނީ ބައިވެރިވެފައި އެވެ.
މިއަދު ޚާއްސަ ހަފްލާގައި އަންހެން ޤައިދީންގެ ޚާއްސަ ސަގާފީ އައިޓަމްތަކެއް ވެސް ވަނީ ހުށަހަޅާފައި އެވެ.
ގުޅުންހުރި

ބޮޑީ ސްކޭނަރުގެ ސަބަބުން ޖަލުން އަންނަ ސްކޭމް ކޯލްތައް މަދުވެގެންދާނެކަމުގެ ޔަގީންކަން އެބައޮތް: އިހްސާން
މާފުށީ ޖަލުގައި ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭން މެޝިނެއް ބަހައްޓައިފި

މާފުށީ ޖަލުގެ އަންހެން ޤައިދީންނަށް ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 2ގެ ދެ ބެޗް ފަށައިފި

.gif&w=3840&q=75)



