
ވިލިމާލޭގައި ތަރައްޤީކުރާ ހޮސްޕިޓަލުގެ ނަމަކީ ވިލިމާލެ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް!
# މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން, ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ--
ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ވިލިމާލޭގައި ތަރައްޤީކުރާ ހޮސްޕިޓަލް ޢިމާރާތްކުރުމަށްޓަކައި ލެޓަރ އޮފް އެކްސްޗޭންޖުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު މިއަދު ސޮއިކޮށްފި އެވެ.

ފީސިބިލިޓީ މަރުޙަލާ ނިންމުމަށްފަހު، ޑީޓެއިލްޑް ޑިޒައިން މަރުހަލާ ފެށުމަށްޓަކައި ލެޓަރ އޮފް އެކްސްޗޭންޖުގައި ސޮއިކޮށްފައިވަނީ މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އެވެ.
އެ ރަސްމިއްޔާތުގައި ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ، ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި، ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސަލަންސީ ކޮންގް ޒިއަންހުއާ އެވެ.
ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ މިއަދު ސޮއިކުރެވުނު ލެޓަރ އޮފް އެކްސްޗޭންޖުގެ ދަށުން ޗައިނާގެ ޓީމުގެ ފަރާތުން ހޮސްޕިޓަލުގެ ޑީޓެއިލް ޑިޒައިން މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ވިލިމާލޭގައި ހެދުމަށް ހަމަޖެހިފައިވާ 112 އެނދުގެ ޖެނެރަލް ހޮސްޕިޓަލަށް ދީފައިވާ ނަންވެސް މިއަދު ވަނީ ހާމަކޮށްފައި އެވެ. އެގޮތުން އެހޮސްޕިޓަލަށް ދެގައުމުން ދީފައިވާ ނަމަކީ ވިލިމާލެ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލެވެ.
ގުޅުންހުރި

ގުޅީފަޅު ބިންވެރިޔާ ގޯތިތަކުގެ އައު ރަޖިސްޓްރީއާއި އެއްބަސްވުންތައް ހޯމަ ދުވަހު ދޫކުރަން ފަށަނީ

ވިލިމާލޭގައި ތަރައްޤީކުރާ ހޮސްޕިޓަލުގެ ނަމަކީ ވިލިމާލެ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް!

އާރްޑީސީއާއި ސްޓެލްކޯގެ އެހީތެރިކަމާއި އެކު ހަލާކުވި މާފަންނު ޕަމްޕު ސްޓޭޝަން އޮޕަރޭޝަނަށް ގެނެސްފި
