
ޕީއެސްޖީގެ ކާމިޔާބީ ފާހަގަކުރަން ޕެރިހުގައި ކުރިޔަށް ގެންދިޔަ ހަރަކާތްތައް ހަމަނުޖެހުމަށް ބަދަލުވެ 2 މަރު!
# ފްރާންސް--
ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ރޭ ހޯދި މެޗަށް ފަހު ސަޕޯޓަރުން އުފާފާޅުކުރަމުން ދަނިކޮށް ފްރާންސުގެ ޕެރިހުގައި ސަޕޯޓަރުންނާއި ސަލާމަތީ ބާރުތަކާއި ދެމެދު ހިނގި ހަމަނުޖެހުންތަކެއްގައި ދެމީހަކު މަރުވެ އަތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފި އެވެ.

ފްރާންސުގެ ދާޚިލީ ވުޒާރާއިން މިއަދު ބުނީ މިއުނިކްގެ އިންޓަ މިލާން އަތުން 5-0 އިން ޕީއެސްޖީ މޮޅުވި މެޗަށް ފަހު ޕީއެސްޖީ އެއަވަށަކަށް ނިސްބަތްވާ ޕެރިހުގައި ރޭ މަގުތަކަށް އެތައް ސަތޭކަ ބަޔަކު ނުކުމެ އުފާފާޅުކުރުމުގެ ހަރަކާތްތަކުގެ ތެރެއިން އަމަން އަމާންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ފުލުހުންނާއި ސަޕޯޓަރުންނާއި ދެމެދު ބޮޑު ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށެވެ.
ފްރާންސުގެދާޚިލީ ވުޒާރާއިން ބުނާ ގޮތުގައި ވެރިރަށުގެ ޗެމްޕްސް-އެލިސީސް އެވޭއަށް މީހުން ޖަމާވެ، ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގައި، ވެރިރަށުން 491 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ޖުމްލަގޮތެއްގައި ފްރާންސްގެ އެކި ކަންކޮޅުތަކުން 559 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
މީގެ އިތުރުން މި އުފާފާޅުކުރުމުގެ ތެރޭގައި ދެ މީހަކު މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އޭގެ ތެރޭގައި އެގޮތުން މަގުތައް ބާރުބޮޑުވެ ހިނގި އެކްސިޑެންޓެއްގައި މަރުވި މީހަކު ހިމެނެއެވެ. އަދި ދެވަނަ މީހާއަކީ ޕީއެސްޖީގެ ކާމިޔާބީއާއި ދެކޮޅަށް އަޑުއުފުލި މީހެއް ކަމަށާއި އޭނާ މަރުވީ ސަޕޯޓަރުންތަކެއް އޭނާއަށް ވަޅިން ހަމަލާދިނުމުގެ ސަބަބުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ވަޅިން ހަމަލާދިނުމުގެ ސަބަބުން މަރުވެފައިވަނީ 17 އަހަރުގެ ޒުވާނެކެވެ.
ރޭ ޕެރިސްގެ ހާލަތު ގޯސްވި އިރު މިއަދު ޗެމްޕްސް-އެލިސީސްގައި ޕީއެސްޖީގެ ޓީމުން ވިކްޓްރީ ޕެރޭޑެއް ބޭއްވުމަށް އޮތީ ހަމަޖެހިފައި އެވެ.
ރޭ މިލާން އިންޓަ މިލާން އަތުން ބޮޑު ނަތީޖާއަކުން މޮޅުވެ ޕީއެސްޖީއިން ވަނީ އެޓީމުގެ ފުރަތަމަ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.
ގުޅުންހުރި

ވާދަވެރި ކުޅުމަކަށްފަހު ފްރާންސް ބަލިކޮށް ޗެންޕިއަން ސްޕެއިން ނޭޝަންސް ލީގު ފައިނަލުން ޖާގަ ހޯދައި

ޕީއެސްޖީގެ ކާމިޔާބީ ފާހަގަކުރަން ޕެރިހުގައި ކުރިޔަށް ގެންދިޔަ ހަރަކާތްތައް ހަމަނުޖެހުމަށް ބަދަލުވެ 2 މަރު!

ފަސޭހަކަމާއެކު އިޒްރޭލް ބަލިކޮށް ފްރާންސް ގުރޫޕްގެ ދެވަނައަށް
