logoEN
Sto top
ދިވެހި ހުރިހާ ޙާޖީންގެ ހާލު ރަނގަޅު: ޙައްޖު މިޝަން

ދިވެހި ހުރިހާ ޙާޖީންގެ ހާލު ރަނގަޅު: ޙައްޖު މިޝަން

އަހުމަދު ޝުރާއު

logo

5/31/2025, 3:15:44 PM

# 1446 ވަނަ އަހަރުގެ ޙައްޖު މިޝަން

--

ދިވެހި ހުރިހާ ޙައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް ޙައްޖު މިޝަން އިން ވިދާޅުވެއްޖެއެވެ.

Wamco

ހައްޖު މިޝަންއިން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނި ޙައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖެއިން ދިއުމަށް ހަމަޖެހިފައިވާ 1000 ޙައްޖާޖީން މިހާރު މައްކާއަށް ގޮސްފައިވާ ކަމަށާއި ހުރިހާ ހައްޖާޖީންގެ ހާލުވެސް ރަނގަޅު ކަމަސެވެ.

އަދި ހަތަރު ފްލައިޓެއްގެ މަތިން ޙައްޖާޖީން މައްކާއަށް ގޮސްފައިވާއިރު މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިންނަށް ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހުމާއެކު ޙައްޖުވެރިންގެ ދަތުރަށް ވަރަށް ބޮޑު ލުއިފަސޭހައަށް ލިބިގެންގޮސްފައިވާކަން ފާހަގަކުރައްވައި ހައްޖު މިޝަންއިން ބުނީ ޖިއްދާ އެއާޕޯޓުގައި ޙައްޖުވެރިން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދިޔައިރު މިކަމުގެ ހިއްހަމަޖެހުން ޙައްޖުވެރިން ފާހަގަކޮށްފައިވާ ކަމަށެވެ.

ޙައްޖުވެރިން މަޝާޢިރުތަކަށް ދިއުމުގެ ކުރިން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނުން މިހާރު ފުރިހަމަ ކުރަމުންދާއިރު، ޙައްޖުވެރިންނާއި ގުޅޭ ކަންކަން ސަޢުދީ ސަރުކާރާއި ގުޅިގެން ދިވެހި ޙައްޖު މިޝަންއިން އަންނަނީ ކުރަމުންކަންވެސް ވަނީ ހާމަކޮށްފައި އެވެ.

މިއަހަރުގެ ޢަރަފާތް ދުވަހަކީ ޖޫން މަހުގެ 5 ވަނަ ދުވަހެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside