logoEN
Sto top
އަޒަރުބައިޖާނުގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

އަޒަރުބައިޖާނުގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

އަހުމަދު ޝުރާއު

logo

5/28/2025, 10:45:33 AM

# ރައީސް މުއިއްޒު

--

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެ ޤައުމުގެ ރައީސް، އިލްހާމް ހެއިދަރު އޮގްލޫ އަލިޔެވް އަދި ބޮޑުވަޒީރު، ޢަލީ ހިދާޔަތު އޮގްލޫ އަސަދޮވްއަށް ފޮނުއްވައިފިއެވެ.

Wamco

ރައީސުލްޖުމްހޫރިއްޔާ، އަޒަރުބައިޖާންގެ ރައީސާއި ބޮޑުވަޒީރަށް ވަކިވަކީން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، އެ ޤައުމުގެ ސިޔާދަތީ މިނިވަންކަމާއި އަމިއްލަވަންތަކަމަށް ކުރި ތާރީޚީ ކާމިޔާބު ދަތުރުން ދައްކުވައިދިނީ އެ ޤައުމުގެ ރައްޔިތުންގެ ސާބިތުކަމާއި އެއްބައިވަންތަކަން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އަޒަރުބައިޖާންގެ ރައީސާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާފާގަތިކަމަށް އެދިވަޑައިގެން، އަޒަރުބައިޖާންގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ، އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައިވެސް، އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައި، ތަހުނިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ. އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓުގައި އަޒަރުބައިޖާނާއެކު ދިވެހިރާއްޖެއިން ބާއްވަމުންގެންދާ ރަހުމަތްތެރިކަމާއި ބަދަހި ގުޅުން، ކުރިއަށްއޮތް ދުވަސްތަކުގައިވެސް އިތުރަށް ވަރުގަދަކޮށް ދަމަހައްޓާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ ގޮތުގައި 28 މެއި ފާހަގަ ކުރަނީ، ޑިމޮކްރެޓިކް ރިޕަބްލިކެއްގެ ގޮތުގައި އެޤައުމު ހަމަޖެހުނު ދުވަހާއި ގުޅުވައިގެންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside