logoEN
Sto top
އިތިއޯޕިއާގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

އިތިއޯޕިއާގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

އަހުމަދު ޝުރާއު

logo

5/28/2025, 10:30:47 AM

# ރައީސް މުއިއްޒު

--

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިތިއޯޕިއާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ޓާއިޔޭ އަޓްސްކޭ ސެލާސީއާއި، ބޮޑުވަޒީރު އަބީ އަޙްމަދު ޢަލީއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

Wamco

އިތިއޯޕިއާގެ ރައީސަށާއި ބޮޑުވަޒީރަށް ރަައީސުލްޖުމްހޫރިއްޔާ ވަކިވަކީން ފޮނުއްވި ސިޓީފުޅުތަކުގައި، އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައާއި، އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އިތިއޯޕިއާގެ ރައީސްއާއި ބޮޑުވަޒީރާއި ސަރުކާރާއި ރައްޔިތުންނަށް، ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އިތިއޯޕިއާގެ ޤައުމީ ދުވަހަކީ އެ ޤައުމުގެ އެއްބައިވަންތަކަމާއި، ވިލުންތެރިކަމާއި، ކުރިއެރުން ރަމްޒްކޮށްދޭ ދުވަހެއްކަމުގައި ވިދާޅުވެފައިވެއެވެ. ހަމައެއާއެކު ކުރިމަގުގައިވެސް އިތިއޯޕިއާއަށް އަމާންކަމާއި، ހަމަޖެހުމާއި، ތަނަވަސްކަން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުތައް ނިންމަވާލައްވާފައި ވަނީ އިތިއޯޕިއާގެ ރައީސްއާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އެޤައުމަށާއި ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside