logoEN
Sto top
ކުރިޔަށް އޮތް 5 ދުވަހު އުތުރާއި މެދު ރާއްޖެ ތެރެއަށް ކަނޑުތައް ވަރަށް ގަދަވާނެ - މެޓް

ކުރިޔަށް އޮތް 5 ދުވަހު އުތުރާއި މެދު ރާއްޖެ ތެރެއަށް ކަނޑުތައް ވަރަށް ގަދަވާނެ - މެޓް

އަހުމަދު ޝުރާއު

logo

5/26/2025, 5:07:58 PM

# މޫސުމާއިބެހޭ ގައުމީ އިދާރާ

-

ކުރިޔަށް އޮތް 5 ދުވަހު އުތުރާއި މެދު ރާއްޖެ ތެރެއަށް ގަނޑުތައް ވަރަށް ގަދަވާނޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

Wamco

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ނެރުނު މޫސުމީ އިންޒާރެއްގައި ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ ކުރިޔަށް އޮތް 5 ދުވަސް ކަމަށްވާ މެއި 27 އިން 31 އަށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ވިއްސާރަކޮށް ގުގުރުންވެސް އެކަށީގެންވާ ކަމަށް އެއިދާރާއިން ލަފާކުރެއެވެ.

މިއާއިއެކު ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރީން މޫސުމާއި ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައި އެވެ.

އެއިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށުނީ މި މަހު ހަތެއްގައި ކަމަށާއި މެދުރާއްޖެތެރޭގެ ރަށްތަކަށް އެ މޫސުން މިމަހު 12 ގައި ފެށި އުތުރުގެ އަތޮޅުތަކަށް ހުޅަނގު މޫސުން މިދިޔަ ބުދަ ދުވަހު ފެށިފައިވާ ކަމަށް ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside