
ފުޓްބޯޅައަށް ހައްގު މަގާމު އަލުން އަނބުރައި ހޯދަައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ދަނީ ކާމިޔާބީގެ އަމާޒަށް!
# ރައީސް މުއިއްޒު--
ދިވެހީންގެ މެދުގައި ފުޓްބޯޅައަށް ހައްގު މަގާމު އަލުން އަނބުރައި ހޯދަައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ދަނީ ކާމިޔާބީގެ އަމާޒަށް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ފުޓްބޯޅަ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
އެގޮތުން ރައީސް ވިދާޅުވީ ދިވެހި ފުޓްބޯޅަ ވަނީ މުޅި ޤައުމު އެއްބައިވަންތަ ކޮށްދީފައި ކަމާއި ޤައުމު ފަޚުރުވެރިވާނެ އެތައް ހުނަރުވެރިއެއް އުފައްދައި ރާއްޖޭގެ ކުދިބޮޑު ހުރިހާ ރަށްރަށެއްގައި އިޖްތިމާޢީ ރޫޙު އާލާކޮށްދީފައި ކަމަށެވެ.
އަދި ދިވެހީންގެ މެދުގައި ފުޓްބޯޅައަށް ހައްގު މަގާމު އަލުން އަނބުރައި ހޯދަައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ދަނީ ކާމިޔާބީގެ އަމާޒަށް ދަތުރުކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވީ އިރު ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ ހިންގުން ފުޓްބޯޅައާއި ބެހޭ ދުނިޔޭގެ މައި އިދާރާއިން ވަނީ ނޯމަލައިޒްކޮށްފައި އެވެ.
ރާއްޖޭގައި އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތެއް ކުޅެފައިވަނީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. އޭގެ ފަހުން، ފުޓްބޯޅަ ސީޒަން ފަށަން ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުގެ އެއްބާރުލުމާ އެކު، ސްޕޯޓްސް މިނިސްޓްރީން ވަނީ ފުޓްބޯޅަ ކްލަބްތަކަށް ނުވަ މިލިއަން ރުފިޔާ ފޯރުކޮށްދީފަ އެވެ. އެ ފައިސާ އިން ގިނަ ކްލަބްތަކުގައި ހުރި މާލީ ބައެއް މައްސަލަތައް ހައްލުކޮށް ޕްރީ ސީޒަން ވެސް ފަށާފައިވަނިކޮށް، ބައެއް ކްލަބްތަކުން ވެސް އެދޭތީ ކަމަށް ބުނެ، ފީފާއިން މި ވަނީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުއްޓުވައިފަ އެވެ.
ގުޅުންހުރި

ރައީސްގެ ޝުކުރު ސަޢޫދީ ރަސްގެފާނަށާއި ވަލީޢަހުދަށް އަދި އެ ޤައުމުގެ ސަރުކާރަށް!

ރައީސްގެ އިލްތިމާސް: ކޮންމެ ޢީދަކީވެސް އުފާވެރި ހަނދާންތަކެއް، އެންމެންގެ ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިޙްތިފާލަކަށް ހަދަމާ!
.jpg&w=3840&q=75)
ދެކުނު ކޮރެޔާގެ އިންތިޚާބީ ރައީސަށް, ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި
