logoEN
Sto top
ތެލިސީމިޔާ ބައްޔަށް ފަރުވާ ކުރުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެ އިސްކަމެއްދެނީ މި ސަރުކާރުން - ނާޒިމް

ތެލިސީމިޔާ ބައްޔަށް ފަރުވާ ކުރުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެ އިސްކަމެއްދެނީ މި ސަރުކާރުން - ނާޒިމް

އަހުމަދު ޝުރާއު

logo

5/25/2025, 12:53:18 PM

# ހެލްތު މިނިސްޓްރީ

--

އެމްބީއެސް އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތަކީ ރައީސްގެ ޚާއްޞަ ޕްރޮޖެކްޓެއް ކަމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

Wamco

އެމަނިކުފާނު މިހެން ވިދާޅުވީ އެމްބީއެސްގެ ޚިދުމަތާއި، ތެލެސީމިއާ ސެންޓަރ އޮރެންޖު ހިޔާއަށް ބަދަލުކުރުން ރަސްމީކޮށް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ނާޒިމް ވިދާޅުވީ އެ މަސައްކަތް ދިވެހި ސިފައިންނާ ޙަވާލުކުރެި، މަސައްކަތް ލަސްވުމެއްނެތި، ވަރަށް ފުރިހަމައަށް ނިންމާލެވިފައިވާ ކަމަށެވެ.

ތެލިސީމިޔާ ބައްޔަށް ފަރުވާ ކުރުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް މި ފަހުގެ ތާރީޚެއްގައި ސަރުކާރުގެ މައިގަނޑު ސިޔާސަތެއްގެ ގޮތުގައި މެނިފެސްޓޯގައި އެވާހަކަ ލިޔެވިގެން މަސައްކަތް ކުރަންފެށި އެޑްމިނިސްޓްރޭޝަން އަކީ ރައީސް ޑރ. މުއިއްޒުގެ އެޑްމިނިސްޓްރޭޝަން ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިކަން ޙަޤީޤަތަކަށް ހައްދަވައި ދެއްވި ކަމަށްޓަކައި މިނިސްޓަރ ވަނީ ރައީސްއަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.

''ރަޢީސްގެ ޚާއްޞާ ޕްރޮޖެކްޓެއްގެ ގޮތުގައި ދިވެހި ސިފައިންނާ ޙަވާލު ކުރައްވާ މި މަސައްކަތަށް އެއްވެސް ލަސްވުމެއް ފަސްޖެހުމެއް ނާންނާނެ މަގުން މިމަސައްކަތް ކުރިއަށް ގެނެދެވި ވަރަށް ފުރިހަމަޔަށް މިވަނީ ނިންމާލެވިފަ'' މިނިސްޓަރ އަބުުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.

މިނިސްޓަރ ގެ ވާހަކަފުޅުގައި މި މަސައްކަތް ކުރިއަށް ގެންގޮސްދެއްވުމުގައި މިނިސްޓަރ އޮފް ޑިފެންސް ގައްސާނު މައުމޫނާއި މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރު ކޮށްދެއްވި މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި ވަކިން ޚާއްޞަކޮށް ދިވެހި ސިފައިންނަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓްރީި އޮފް ހެލްތުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވި މިނިސްޓްރީ އޮފް ހެލްތް ގެ މުވައްޒަފުންނަށާ ، މިނިސްޓްރީ އޮފް ފައިނޭންސް ކޮށްދެއްވަންޖެހޭ ހުރިހާ ކަމެއް މަސައްކަތަށް ބުރުލެއް ، ލަސްވުމެއް ނާންނާނެ މަގުން ގެންގޮސްދެއވި ކަމަށްޓަކައި އެމިނިސްޓްރީގެ މުވައްޒަފުންނަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.

މިނިސްޓަރ ގެ ވާހަގަ ނިންމާލާފައިވަނީ ޢެހެނިހެން ގިނަ ކަންތައްތަކެކޭ އެއްފަދައިން ތެލެސީމިއާ ބަލީގެ ފަރުވާގަ ޙާޞިލް ކުރަންޖެހިފައިވާ ކަންތައް ތައް ގިނަކަން ފާހަގަކުރައްވާފައެވެ.އެގޮތުން ކަޑައްތު ކުރަންޖެހިފައިވާ މަރުޙަލާތައް ގިނަ ނަމަވެސް ހޯދިފައިވާ ގިނަ ގުނަ ކުރިއެރުންތަކެއް ހުރިކަން އުފަލާއި އެކު ފާހަގަކުރެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside