logoEN
Sto top
މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާޙް ކުރުމަށް ސަޢުދީގެ ވަފުދުތައް ރާއްޖެ އަންނަން ފަށައިފި

މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާޙް ކުރުމަށް ސަޢުދީގެ ވަފުދުތައް ރާއްޖެ އަންނަން ފަށައިފި

އަހުމަދު ޝުރާއު

logo

5/23/2025, 12:17:58 PM

# އިސްލާމިކް މިނިސްޓްރީ

--

މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާޙް ކުރެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ އިސް ވަފުދެއް ރާއްޖެ ވަޑައިގަންނަވައިފިއެވެ.

Wamco

މިއަދު މެންދުރު ރާއްޖެ ވަޑައިގެންނެވި މި ވަފުދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާ އެމްބަސީގެ އިސް ބޭފުޅުންނެވެ.

މި ވަފުދުގައި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީއާއި، އިމިގްރޭޝަންއާއި، ފޮރިން މިނިސްޓްރީ އަދި މައްކާ ރޫޓު އިނީޝިއޭޓިވްގެ އިސް ބޭފުޅުން ހިމެނިލައްވައެވެ.

ދިވެހި ޙައްޖުވެރިންނަށް މުޅިން އަލަށް ތަޢާރަފްކުރާ މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙް ކުރެއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާޙްކޮށްދެއްވާނީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުއްވާފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުން މިކަމުގައި ޤައުމުތައް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް ޚާއްސަ ކަން ދެވިގެންނެވެ. މިއީ ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނިގެންދިއުމަކީ ދިވެހި ޙައްޖުވެރިންނަށް ލިބެމުންދާ ހިދުމަތްތައް ލުއި ފަސޭހަކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside