logoEN
Sto top
ޑީޖޭޖޭ އާއި އެންޑީއޭއާ ދެމެދު އެއްބަސްވުމެއް!

ޑީޖޭޖޭ އާއި އެންޑީއޭއާ ދެމެދު އެއްބަސްވުމެއް!

އަހުމަދު ޝުރާއު

logo

5/22/2025, 3:51:27 AM

# ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ

--

ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް އާއި، ނޭޝަނަލް ޑްރަގް އެޖެންސީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

Wamco

ދާހިލީ ވުޒާރާއިން ބުނީ މި ފަހުމުނާމާގެ މަޤްޞަދަކީ ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ޤާނޫނުގެ ދަށުން ޑީޖޭޖޭއަށް ހުށަހެޅޭ ކުޑަކުދިންނާއި ގުޅޭ މައްސަލަތަކުގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލްވާ ކުދިންނާއި، ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުދިންނަށް ބޭނުންވާ ޚާއްޞަ ފަންނީ އެހީތެރިކަން އަވަސް ފުރުޞަތެއްގައި ފޯރުކޮށްދިނުން ކަމަށެވެ،

އަދި ޑީޖޭޖޭގެ ފަރާތުން ކުޑަކުދިން މަސްތުވާތަކެތިން ރައްކާތެރިކުރުމަށް ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި އެފަދަ ޙަރަކާތްތަކުގައި ދެ އިދާރާ ގުޅިގެން މަސައްކަތްކުރުމެވެ.

މި ފަހުމުނާމާގައި ޑީޖޭޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްއުސްތާޛް އަޙްމަދު ޞިއްދީޤެވެ. އަދި އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަދި ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ޗެއަރޕާރސަން އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ޙުސައިނެވެ،

މިއެއްބަސްވުމާ ގުޅޭގޮތުންވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީގު ވިދާޅުވީ ޑީޖޭޖޭ އާއި އެންޑީއޭއަކީވެސް ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ދެ އިދާރާ ކަމަށާއި އެއްބަސްވުމުގެ ބޭނުމަކީ އެ މަސައްކަތުގައި އެއް އިދާރާއިން އަނެއް އިދާރާއަށް އެއްބާރުލުން ދިނުން ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside