logoEN
Sto top
ދައުލަތުގެ އިދާރީ ހިންގުމުގެ ޚަރަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10 އިންސައްތަ ދަށް!

ދައުލަތުގެ އިދާރީ ހިންގުމުގެ ޚަރަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10 އިންސައްތަ ދަށް!

އަހުމަދު ޝުރާއު

logo

5/21/2025, 11:19:00 AM

# ފިނޭންސް މިނިސްޓްރީ

--

ދައުލަތުގެ އޮފީސް ހިންގުމަށް ބޭނުންވާ ތަކެއްޗަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ ޚަރަދު، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 10 އިންސައްތަ ޚަރަދު ކުޑަކޮށްފައިވާ ކަމަށް މާލީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

Wamco

މާލީ ވުޒާރާއިން 20 މެއި 2025 ގައި އާންމުކުރި، 15 މެއި 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓަށް ލިބުނު އާމްދަނީއާއި ޚަރަދުކުރި މިންވަރު އަންގައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައިވާ ގޮތުން، މިއަހަރު ދައުލަތުގެ ރިކަރަންޓް ޚަރަދުގެ ގޮތުގައި ރިކޯޑްކޮށްފައިވާ ޖުމުލަ ޢަދަދުގެ ތެރެއިން 59.2 އިންސައްތައަކީ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ޚަރަދުތަކެވެ. އެގޮތުން، އޮފީސް ހިންގުމަށް ބޭނުންވާ ތަކެއްޗަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ ޚަރަދު، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 71.7 އިންސައްތައިން ދަށްވެ، އިދާރީ ހިންގުމުގެ ޚަރަދުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ރެކޯޑުކޮށްފައިވަނީ 7.0 ބިލިއަން ރުފިޔާއެވެ.

މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި އިދާރީ ހިންގުމާ ގުޅޭ މަސައްކަތްތަކަށް ހިނގާފައިވާ ޚަރަދަށްވުރެ 10.0 އިންސައްތަ ދަށް ޢަދަދެކެވެ.

ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދުގެ 23.7 އިންސައްތަ، ކެޕިޓަލް ޚަރަދުގެ ގޮތުގައި ހޭދަކޮށްފައިވީ ނަމަވެސް، މިއަހަރުގެ ތެރޭގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތަކާ ގުޅޭ ސިޔާސަތުތައް ހަރުދަނާކުރުމަށް ފިނޭންސް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއެކު، މިދިޔަ އަހަރާ އަޅައިބަލާއިރު ކެޕިޓަލް ޚަރަދު މިވަނީ 71.3 އިންސައްތައިން ދަށްކުރެވިފައެވެ.

މިއަހަރުގެ މިހާތަނަށް ކެޕިޓަލް ޚަރަދުގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ ދައުލަތުގެ ޖުމުލަ ޚަރަދުގެ 8.5 އިންސައްތައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside