logoEN
Sto top
މިއަހަރަށް ޙައްޖަށް ދިއުމަށް ކިއުގައި ތިބި ހުރިހާ ޙައްޖުވެރިންނަށްވެސް ފުރުސަތު ލިބޭ: މިނިސްޓްރީ

މިއަހަރަށް ޙައްޖަށް ދިއުމަށް ކިއުގައި ތިބި ހުރިހާ ޙައްޖުވެރިންނަށްވެސް ފުރުސަތު ލިބޭ: މިނިސްޓްރީ

އަހުމަދު ޝުރާއު

logo

5/18/2025, 12:59:52 PM

# އިސްލާމިކް މިނިސްޓްރީ

--

މިއަހަރަށް ޙައްޖަށް ދިއުމަށް ޙައްޖު ކޯޕަރޭޝަންގެ ކިއުގައި ހަމަޖެހިފައިވާ ތިބި ހުރިހާ ޙައްޖުވެރިންނަށްވެސް ޙައްޖަށް ދިއުމުގެ ފުރުސަތު ލިބޭނެކަމަަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

Wamco

އެވުޒާރާއިން މިއަދު ބުނީ މިއަހަރުގެ ޙައްޖު ކޯޓާގެ ތަފްސީލް މި މަހުގެ 26 ވަނަ ދުވަހު ހާމަކުރާނެ ކަމަށާއި އަދި ކޮންމެ އަހަރަކުވެސް ކޯޓާ ބޭނުން ކުރާ ގޮތުގެ ތަފްސީލް ވުޒާރާއިން ހާމަ ކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

މިކަން އިންތިޒާމްވެގެންދާނެކަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ މީގެ ކުރިން ހާމަ ކުރައްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ، މިއީ ޒަމާންތަކަކަށް ފަހު, އެއަހަރެއްގައި ކިއުގައި ޙައްޖަށް ދެވޭނެ ކަމަށް ހަމަޖެހިފައިވާ އެންމެނަށް އެއަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާކަމަށެވެ.

ދިވެހިރާއްޖެއިން ޙައްޖަށް ދާ މީހުންގެ އިންތިޒާމުތައް ރަނގަޅު ކުރުމަށް ވުޒާރާއާއި ދަޢުލަތުގެ ޙައްޖު ކުންފުނި، ޙައްޖު ކޯޕަރޭޝަނުން ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރަކީ ދިވެހި ޙައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖަށް ދިއުމުގެ އިންތިޒާމް ހަމަޖެހި، ޙައްޖުގެ ދަތުރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެ އަހަރެކެވެ. ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުން ޙައްޖުގެ އިންތިޒާމްތައް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނިގެން ދިއުމަކީ އެމަނިކުފާނުގެ ޒަޢާމަތުގައި ރާއްޖެއަށް ލިބިގެންދިޔަ ފާހަގަމޮށްލެވޭ ތާރީޚީ ކުރިއެރުމެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside