logoEN
Sto top
މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ ޢަމަލީ މަސައްކަތް ފަށައިފި

މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ ޢަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

5/17/2025, 6:37:39 PM

# އިސްލާމިކް މިނިސްޓްރީ

--

މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ ޢަމަލީ މަސައްކަތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަށައިފިއެވެ.

Wamco

ދިވެހިރާއްޖެއިން މިއަހަރު ޙައްޖަށް ފުރާ ފުރަތަމަ ފުލައިޓުގެ ޙައްޖުވެރިން މި މަހުގެ 26 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު، ދިވެހިރާއްޖޭގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙު ކުރުން 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮންނާނެއެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގެ މަސައްކަތްތައް ކުރުމަށް ސަޢުދީ ޢަރަބިއްޔާގެ އިސް ވަފުދެއް އިއްޔެ ވަނީ ރާއްޖެއަށް ވަޑައިގެންފައެވެ. މީގެ އިތުރުން މި މަސައްކަތަށް ސަޢުދީ ޢަރަބިއްޔާއިން 26 ބޭފުޅުންގެ ވަފުދެއް ރާއްޖެއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގެ އެޑްވާންސް ޓީމުގެ ވަފުދުން މިއަދު ވަނީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމަށްފަހު، އެ ވަފުދުން ވަނީ ރާއްޖޭގެ ކަމާއި ބެހޭ މުއައްސަސާތަކާއެކުވެސް މަޝްވަރާ ބައްދަލުވުމެއް ބާއްވަވާފައެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން، ދިވެހި ޙައްޖުވެރިން ވެލާނާ އެއާޕޯޓުން ފުރުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާއަށް އެތެރެވުމަށް ފުރިހަމަ ކުރަން ޖެހޭ އިމިގްރޭޝަން ޕްރޮސެސް ފުރިހަމަ ކުރާނެއެވެ. މިއާއެކު ދިވެހި ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތުގެ އަދަދު ވަރަށް ބޮޑަށް މަދުވެގެންދާނެކަން ފާހަގަކޮށްލެވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside