logoEN
Sto top
ދާންދޫ ހެލްތު ސެންޓަރުގައި ލޮލުގެ ކޭމްޕެއް ބާއްވައިފި

ދާންދޫ ހެލްތު ސެންޓަރުގައި ލޮލުގެ ކޭމްޕެއް ބާއްވައިފި

އަހުމަދު ޝުރާއު

logo

5/17/2025, 12:54:28 PM

# ހެލްތު މިނިސްޓްރީ

--

ގއ ދާންދޫގައި ހެލްތު ސެންޓަރުގައި ލޮލުގެ ކޭމްޕެއް ބާއްވައިފިއެވެ.

Wamco

ހެލްތު މިނިސްޓްރީން ބުނީ އެރަށުގެ ހެލްތު ސެންޓަރުގައި ލޮލުގެ ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 9 އިން ފެށިގެން ހަވީރު 3 ޖެހުމާއި ހަމައަށެވެ.

އެގޮތުން މި ކޭމްޕްގައި ލޮލުގެ ޓޭސްޓް ހެދުމާއި، ލުލުގެ ނަމްބަރު ނެގުން، އައިނު ހެއްދުން، ފަންޑަސް އެގްޒަމިނޭޝަން، އަދި ލެންސް ހެދުން ފަދަ ޚިދުމަތް ވަނީ ފޯރުކޮށްދީފައި އެވެ.

މި ކޭމްޕު ކުރިޔަށް ގެންގޮސްފައިވަނީ ގއ އަތޮޅު ހޮސްޕިޓަލް އަދި އައިޓުއައި އާއި ގުޅިގެންނެވެ. މި ކޭމްޕުގައި އައިޓުއައި އޮޕްޓިކަލްސްއިން ވަނީ ކޭމްޕުގައި ލޯ ޓެސްޓު ކުރުމަށްފަހު އައިނު ހައްދާ ކޮންމެ ފަރާތަކަށް 10 ޕަސެންޓު ޑިސްކައުންޓުގައި އައިނު ހައްދައި ދިނުމުގެ ފުރުސަތުވެސް ދީފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside