
ސާފް 19 އަހަރުން ދަށުގެ ސެމީ ފައިނަލްގައި ކުޅޭ ދިވެހި ޓީމަށް ރައީސް ހިތްވަރުދެއްވައިފި
# ރައީސް މުއިއްޒު--
ސާފް ޗެމްޕިއަންޝިޕްގެ 19 އަހަރުން ދަށުގެ ފައިނަލް މެޗުގައި މިއަދު ވާދަކުރާ ދިވެހިރާއްޖޭގެ ގައުމީ ޓީމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ހިތްވަރުދެއްވައިފި އެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހި ޤައުމީ ފުޓުބޯޅަ ޓީމު، ސާފް ޗެމްޕިއަންޝިޕްގެ 19 އަހަރުން ދަށުގެ ސެމީ ފައިނަލްގަައި މިއަދު ކުޅޭ އިރު، މުޅި ޤައުމު އޮތީ ޒުވާން ޓީމާއެކުގައި ކަމަށެވެ.
އަދި ޤައުމީ ލޯތްބާއެކު، ޓީމުން ކުރާ ހިތްވަރަށް ސާބަސްދީ، ފުރިހަމަ ކާމިޔާބީއަށް އެދޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ޒުވާން ޓީމު މިއަދު ސެމީ ފައިނަލްގައި ވާދަކުރާނީ މުބާރާތުގެ ފޭވަރިޓްސް ކަމަށްވާ އިންޑިއާ ދެކޮޅަށެވެ. ންޑިއާގެ އަރުނާޗަލް ޕްރަދޭޝްގެ ޔޫޕިއާ ސަރަހައްދުގައި ކުރިއަށްދާ މި މުބާރާތުގެ ސެމީ ފައިނަލްގައި ރާއްޖެ އާއި އިންޑިއާ ވާދަކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 19:00 ގައި ޔޫޕިއާ ގޯލްޑަން ޖުބްލީ ދަނޑުގައި އެވެ.
މިރޭގެ މެޗަށް ރާއްޖެ ނުކުންނަ އިރު ރާއްޖެއިން ސެމީގެ ޖާގަ ކަށަވަރުކުރީ ގްރޫޕު ސްޓޭޖުގައި ކުޅުނު ދެމެޗުވެސް އެއްވަރުކޮށްގެންނެވެ.
ގުޅުންހުރި

ރަނގަޅު ފެންވަރުގެ އައިނު އަގުހެޔޮކޮށް ލިބޭނެ ގޮތް ހެދުމަށް އައިޖީއެމްއެޗުން އައިނު ވިޔަފާރިއަށް ވަންނަނީ

18 އަހަރުން މަތީގެ ގެދޮރު ނެތް ކޮންމެ މީހަކަށް މިއަހަރު ނިމުމުގެ ކުރީން ގެދޮރުވެރިކަން ކަށަވަރުކޮށްދޭނަން - ރައީސް

ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސްގެ ދެކަނބަލުން ފުރާވަޑައިގެންފި
