logoEN
Sto top
މެންޓަލް ހެލްތު ގެޕް ޓްރެއިނިން އެއް ބާއްވައިފި

މެންޓަލް ހެލްތު ގެޕް ޓްރެއިނިން އެއް ބާއްވައިފި

އަހުމަދު ޝުރާއު

logo

5/16/2025, 12:12:14 PM

# ހެލްތު މިނިސްޓްރީ

--

މެންޓަލް ހެލްތު ގެޕް ޓްރެއިނިން އެއް ބާއްވައިފިއެވެ.

Wamco

މިއީ ނަފްސާނީ އުނދަގޫތަކާއި އަދި ބަލި ހުންނަ ފަރާތްތަކާއި އެކު މަސައްކަތްކުރުމުގައި، ނަފްސާނީ ބަލިތަކުގެ އަލާމާތްތައް ދުރާލާ ދެނެގަތުމާއި، ބަލި މެނޭޖްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، އަދި އެފަރާތްތަކާއި އެކު މަސައްކަތްކުރުމުގައި ބޭނުންވާނެ މަޢުލޫމާތާއި، ހުނަރު އަދި ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޓްރެއިނިންއެކެވެ.

މި މެއި މަހުގެ 11-15 އަށް ކުރިއަށް ގެންދިޔަ މެންޓަލް ހެލްތު ގެޕް ޓްރެއިނިންގް ޕްރޮގްރާމަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ދިވެހިރާއްޖެ ފަދަ ނަފްސާނީ ފަރުވާ ދިނުމުގެ ވަސީލަތްތައް މަދުވުމުން ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލަމުން ދާ ގައުމުތަކުގައި ގުޅުން ހުރި ޚިދުމަތް ފޯރުކޮށްދެމުންދާ ސްޕެޝަލިސްޓް ނޫން ޚިދުމަތްތެރިންގެ ހުނަރާއި ގާބިލްކަން އިތުރުކޮށްގެން ނަފްސާނީ ބަލީގެ ފަރުވާ ދިނުމުގައި ހުރި ފަރަގު ކުޑަކުރުމުގެ ގޮތުން ތަންފީޒުކުރަމުންދާ ތަމްރީން ޕްރޮގްރާމްއެކެވެ.

މި ޓްރެއިނިން ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ އިތުރުން ޑަބްލިޔުއެޗްއޯ އަދި އައިޖީއެމްއެޗް ގެ އިސްވެރިން ބައިވެރި ވަޑައިގެންނެވިއެވެ.

މި ތަމްރީން ޕްރޮގްރާމްގައި ގްރޭޓަރ މާލޭ ސަރަހައްދުން ކަމާގުޅުންހުރި ޖުމްލަ 31 ބޭފުޅުން މި ތަމްރީން ފުރިހަމަކޮށްފައިވެއެވެ.

އޭގެ ތެރޭގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް/ނެޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތު، ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން، ހުޅުމާލެ ހޮސްޕިޓަލް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް ގެ އެފް.ސީ.ޕީ.ޑީ އަދި ވިކްޓިމް ސަޕޯޓް، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، މިނިސްޓްރީ އޮފް އެޑިއުކޭޝަން، ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރ، ނޭޝަނަލް ޑްރަގު އެޖެންސީ، ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލުގެ އިތުރުން ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ޚިދުމަތް ފޯރުކޮށްދޭ ކަމާގުޅުންހުރި ބޭފުޅުން މި ތަމްރީން ފުރިހަމަކޮށްފައިވެއެވެ.

މި ތަމްރީން ގައި ސެޝަންތައް ނަންގަވައިދެއްވީ މި ކަމުގެ ތަޖުރިބާކާރުން ކަމަށްވާ ސީނިއަރ ކޮންސަލްޓަންޓް ސްޕެޝަލިސްޓް އިން ސައިކިއެޓްރީ ޑރ. ޝަނޫހާ މަންސޫރު، ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް އިން ސައިކިއެޓްރީ ޑރ. އާރިފް މުހައްމަދު، ކޮންސަލްޓެންޓް އިން ސައިކިއެޓްރީ ޑރ. އަބްދުﷲ ނާޒިމް، ކޮންސަލްޓެންޓް އިން ސައިކިއެޓްރީ ޑރ. ޝޫގާ މޫސާ އަދި ކޮންސަލްޓެންޓް އިން ޕީޑީޓްރިކްސް ޑރ. ފަރުޒާނާ ފިރުދޯސް އެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އެހީތެރިވެދެއްވާފައި ވަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޔުނިސެފް އަދި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ނެޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތުގެ ފަރާތުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside