logoEN
Sto top
ކެންސަރު ބައްޔަށް ބޭނުން ކުރާ ބޭހެއްގެ ފޭކު ބޭސްތަކެއް ދައުރަވަމުންދާތީ ޑަބްލިއުއެޗްއޯގެ އެލާޓެއް: ރާއްޖެއަށް އެތެރެކޮށްފައި ނުވޭ!

ކެންސަރު ބައްޔަށް ބޭނުން ކުރާ ބޭހެއްގެ ފޭކު ބޭސްތަކެއް ދައުރަވަމުންދާތީ ޑަބްލިއުއެޗްއޯގެ އެލާޓެއް: ރާއްޖެއަށް އެތެރެކޮށްފައި ނުވޭ!

އަހުމަދު ޝުރާއު

logo

5/15/2025, 12:49:06 PM

# ހެލްތު މިނިސްޓްރީ

--

ކެންސަރު ބައްޔަށް ބޭނުން ކުރާ ބޭހެއްގެ ފޭކު ބޭސްތަކެއް ދައުރަވަމުންދާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޖާ(ޑަބްލިއެޗްއޯ) އިން އެކަން ގައުމުތަކުގެ ސަމާލުކަމަށް ގެނެސްފި އެވެ.

Wamco

ޑަބްލިއުއެޗް އިން އެލަރޓްކޮށްފައިވާ ބޭހަކީ ކެންސަރު ބައްޔަށް ބޭނުން ކުރާ ބޭހެއް ކަމަށްވާ IMFINZI (durvalumab) އިންޖެކްޝަން 500mg/10ml ފޯލްސިފައިޑް 3 ބެޗެވެ. މި ބޭހުގެ ބެޗްތައް އިސްލާމިކް ރިޕަބްލިކް އޮފް އިރާން އާއި ތުރުކިޔޭ ގައި ދައުރު ވަމުންދާ ކަމަށް ޑަބްލިއުއެޗް އިން ވަނީ އެލާޓްކޮށްފައެވެ.

މިކަމާއި ގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނީ އެލަރޓްކޮށްފައިވާ ބޭހުގެ އެއްވެސް ބެޗެއް، ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ޔަގީންކުރެވިފައިވާ ކަމަށެވެ،

ނަމަވެސް ބޭސް ސިޓީއަށް އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރައްވާއިރު،މިބެޗްތަކާއިމެދު ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ( އެމްއެފްޑީއޭ)އިން ވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ (އެމްއެފްޑީއޭ)ގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވުމަށް ވަނީ އަންގަވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside