logoEN
Sto top
ކުޑަ ކުއްޖަކު ގޮވައިގެން މަގު ހުރަސްކުރަން އުޅުނު އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް!

ކުޑަ ކުއްޖަކު ގޮވައިގެން މަގު ހުރަސްކުރަން އުޅުނު އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް!

އަހުމަދު ޝުރާއު

logo

5/15/2025, 7:29:16 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ކުޑަ ކުއްޖަކު ގޮވައިގެން މަގު ހުރަސްކުރަން އުޅުނު އަންހެނަކު ސައިކަލެއްގައި ޖެހި އެކްސިޑެންޓު ވެއްޖެ އެވެ.

Wamco

ފުލުހުން މިއަދު ބުނީ ހުޅުމާލެ ނިރޮޅުމަގުން ކުޑަކުއްޖަކު އުރައިގެން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެފައިވާ މައްސަލަ މިއަދު ހެނދުނު 9:23 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި މި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާގެ ކޮނޑުހުޅު ބިނދި ކަނާތު ފައިތިލަ މަތި މަށައިގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި މަގު ހުރަސްކުރި އަންހެން މީހާގެ އުޅަނބޮޅި މަށައިގެން ގޮސްފައިވާއިރު ކުޑަކުއްޖާ ވެއްޓުނު ގަޑީގައި އެކުއްޖާގެ ބޯ ޖެހި ބޯ ދުޅަވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަނިޔާވި ކުޑަކުއްޖާއަކީ އެއް އަހަަރާއި އަށް މަހުގެ ކުއްޖެކެވެ.

މި އެކްސިޑެންޓު ހިނގުމާއި ގުޅިގެން އެންމެނަށް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside