logoEN
Sto top
މަހާޒްގެ ވަދާއީ ބަސް: ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މި ހިސާބަށް އާދެވުމުން އުފާކުރަން!

މަހާޒްގެ ވަދާއީ ބަސް: ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މި ހިސާބަށް އާދެވުމުން އުފާކުރަން!

އަހުމަދު ޝުރާއު

logo

5/14/2025, 7:54:46 AM

# މަހާޒް އަލީ

--

ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި، ކޯޓުގައި ކުރެވުނު މަސައްކަތްތާއި މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މިއަދު ވަކިކުރަން މަޖިލީހުން ފާސްކުރީ ފަނޑިޔާރު މަހާޒް އަލީ ވިދާޅުވެއްޖެ އެވެ.

Wamco

މަހާޒް މިފަދައިން ހާމަކުރެއްވީ މިއަދު އޭނާ ވަކިކުރެއްވުމަށް މަޖިލީހުން ފާސްކުރުމާއި އެކު ފޭސްބުކުގައި ލިޔުއްވި ސްޓޭޓަސްއެއްގައި އެވެ.

އެގޮތުން މަހާޒް ވިދާޅުވީ ސުޕްރީމް ކޯޓުގައި މަސައްކަތް ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހޭ ކަމަށާއި ކުރި ހުރިހާ މަސައްކަތެއް ކޮށްފައިވާނީ ކުރާ ހިތުން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި ކުރެވުނު މަސައްކަތްތަކާއި މެދު އުފާކުރައްވާ ކަމަށެވެ.

" ކީރިތި الله އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތީ އަދި މާއުފާވެރި ދުވަސްތަކެއް. " މަހާޒް ލިޔުއްވި އެވެ.

މަހާޒް ވަނީ ހިތްވަރު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައި ނޫސްވެރިންނާއި ގާނޫނީ ވަކީލުންނާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި ވަކިވަކި ފަރުދުންގެ ހައިސިއްޔަތުން ގާނޫނާ ޚިލާފަށް ހިނގަމުންދިޔަ ކަންކަމަށް ދެކޮޅުހައްދަވައި ފާޅު ކުރެއްވި އެންމެހައި ޝުއޫރުތަކަށް ވެސް ޝުކުރު އަދާކުރައްވާފައި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ޑރ. އަޒްމިރަލްދާ އާއި މަހާޒު އަލީ ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހުން ފާސްކުރީ މީގެ އިރުކޮޅެއް ކުރީން މަޖިލީހުގައި ނެގި ވޯޓެއްގައި އެވެ. އެގޮތުން ވަކި ވަކިން ނެގި މި ވޯޓުގައި ދެ ފަނޑިޔާރުން ވަކިކުރަން 68 މެންބަރުންގެ ވޯޓު ދެއްވި އިރު އެކަމާއި ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމައި މަޖިލީހަށް ފޮނުވާފައިވަނީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެތުހުމަތުތަށް ފަނޑިޔާރުން ވަނީ ދޮގުކޮށްފައި އެވެ.

މި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލައި ފަނޑިޔާރުން މަގާމުން ވަކިކުރަން ޖެހޭކަމަށް ނިންމައި މަޖިލީހަށް ފޮނުވީ މިމަހުގެ ކުރީކޮޅު އެވެ. މި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ދިރާކުރި އިރު އިދިކޮޅުން ފަނޑިޔާރުންނަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުމަށް އެދުނު އިރު ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީ އޮތް ކޮމެޓީއިން ވަނީ އެފުރުސަތުވެސް ނުދީ ކޮމެޓީން ގޮތް ނިންމި ބައްދަލުވުން ސިއްރުވެސް ކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside