
--
އދ މާމިގިލީގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުން އަންނަ މަގުތަކުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އާރްޑީސީން ހާމަކޮށްފި އެވެ.

އާރްޑީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހާމަކޮށްފައި އެވެ. އެގޮތުން އެކުންފުނީން މިއަދު ބުނީ އދ. މާމިގިލީގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުން އަންނަ މަގުތަކުގެ ތެރެއިން، ރަށްދެބައި މަގުގައި ދުވާރުގެ މަސައްކަތާއި ކޮމްޕެކްޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ގެވެހި މަގުގައި ޕަންޕު ސްޓޭޝަންގެ މަސައްކަތް ވެސް އަންނަނީ ކުރަމުންކަން އެކުންފުނީން ހާމަކުރެއެވެ.
މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން ޖުމްލަ 80 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.
އާރުޑީސީއިން މަޢުލޫމާތު ދޭ ގޮތުގައި މަގުތައް ހަދާ ނިމޭއިރު ފަސޭހައިން ފެން ހިނދިގެންދާނެއެވެ. އެގޮތުން ފެންބޮޑުވެއްޖެނަމަ ފެން ހިންދުމަށް ސްޓޯމް ވޯޓަރ ސިސްޓަމާއި، ޕަމްޕް ސްޓޭޝަން އެރަށުގައި ބަހައްޓާނެކަމަށްވެސް އާރުޑީސީއިން ބުނެއެވެ.
ގުޅުންހުރި

މަނަދޫއާއި ކެނދިކުޅުދޫގެ މަގުތައް ހެދުމަށް ބޭނުންވާ ސާމާނާއި ވެހިކަލްތައް އެރަށްތަކަށް!

ހިންނަވަރާއި ކުޑަހުވަދޫގެ މަގު ހެދުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ!

އާރްޑީސީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އިންޓާންޝިޕްގެ ދެވަނަ ބުރު ފަށައިފި
