
--
އަތޮޅުތަކުގައި ޚުޠުބާ ކިއުމަށް ހުރި ދަތިތައް ފުޅާ ދާއިރާއެއްގައި ޙައްލުކުރުމުގެ މަޤުޞަދުގައި، ކައުންސިލަރުންނަށް ޚުޠުބާ ކިއުމުގެ ހުއްދަ ދިނުމަށް ނިންމައިފި އެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ކައުންސިލަރުންގެ ތެރޭގައި މިކަމަށް ޝައުޤުހުރި ފަރާތްތަކަށް، ޚަޠީބުކަމުގެ 3 މަސް ދުވަހުގެ ކޯހެއް ޤުރުއާން މަރުކަޒު މެދުވެރިކޮށް ގެންދިއުމަށް ނިންމާފައިވާކަމަށާއި މީގެ ކޮންމެ ބުރެއްގައި 50 ކައުންސިލަރުންނަށް ބައިވެރިވެވޭނެކަމަށެވެ.
އަދި މި ކޯހުގައި ޚަޠީބު ކަމަށް ބޭނުންވާ ފިޤުހު، ޤުރުއާން، ޢަޤީދާ ހަދީސް ކިޔަވައިދެވޭނެކަމަށާއި މީގެ ޤުރުއާން ފިޔަވައި އެހެން މާއްދާތައް އޮންލައިންކޮށް ގެންދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޤުރުއާން ކިޔަވައިދޭނީ ކައުންސިލަރުން މާލެެ އައިސްގެން، ނުވަތަ އަތޮޅުތަކުގައި ޤުރުއާން މަރުކަޒުގެ ގޮފިތައް މެދުވެރިކޮށްކަމަށާއި މި ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ފުންނާބު އުސް އިލްމުވެރިންކަމަށް ވަޒީރު ވިދާޅުވިއެވެ. މި ޕްރޮގުރާމުގެ ފުރަތަމަ ބުރަށް 1 ޖޫންގައި ހުޅުވާލާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޚަޠީބުން މަދުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ވުޒާރާއިން ފަށާފައިވާ އެންމެ ބޮޑު އެއް މަސައްކަތަކީ ޒުވާން ޚަޠީބުން ޕްރޮގުރާމެވެ. މި ޕްރޮގުރާމުގެ ދެ ބުރެއް މިހާތަނަށް ކުރިއަށް ގެންގޮސްފައިވާއިރު 270 އަށްވުރެ ގިނަ ޚަޠީބުން މިހާތަނަށް ސަނަދު ޙާސިލްކޮށްފައިވެއެވެ. އަދި މި ޕްރޮގުރާމުގެ ތިން ވަނަ ބުރަށް ހުޅުވާލި ފުރުސަތުގައި ޕްރޮގުރާމުގައި ބައިވެރިވުމަށް 338 ފަރާތަކުން ވަނީ ފޯމު ހުށައަޅާފައެވެ.
ގުޅުންހުރި

ކައުންސިލަރުންނަށް ޚުޠުބާ ކިއުމުގެ ހުއްދަ ދެނީ
.webp&w=3840&q=75)
1446 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާއި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ބައްދަލުކުރައްވައިފި

މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު ޕްރީ ސްކޫލް ދަރިވަރުންނާއެކު އުފާވެރި ވަގުތުކޮޅެއް!
