logoEN
Sto top
ވައިޓަލް ކްރާފްޓުގެ ހިދުމަތް ތިނަދޫއަށް: އެއަރކޮންޑީޝަން، އިލެކްޓްރިކް، ވަޑާމުގެ އަދި ރިނޮވޭޝަންގެ އިތުބާރުހުރި ޚިދުމަތެއް!

ވައިޓަލް ކްރާފްޓުގެ ހިދުމަތް ތިނަދޫއަށް: އެއަރކޮންޑީޝަން، އިލެކްޓްރިކް، ވަޑާމުގެ އަދި ރިނޮވޭޝަންގެ އިތުބާރުހުރި ޚިދުމަތެއް!

އަހުމަދު ޝުރާއު

logo

5/13/2025, 8:16:53 AM

# ވައިޓަލް ކްރާފްޓް

--

"ވައިޓަލް ކްރާފްޓް" ގެ ނަމުގައި އެއަރކޮންޑީޝަން، އިލެކްޓްރިކް، ވަޑާމުގެ އަދި ރިނޮވޭޝަން ޚިދުމަތް ތިނަދޫއަށް ފޯރުކޮށްދޭން ފަށައިފި އެވެ.

Wamco

ވައިޓަލް ކްރާފްޓަކީ އޮފީސް އަދި ގޭގެއަށް ބޭނުންވާ މެއިންޓެނަންސްގެ އެންމެހައި މަސައްކަތްތަކުގެ އިތުރުން، އަލަށް ޢިމާރާތްކުރެވޭ އެޕާޓްމަންޓުތަކާއި، ކްލިނިކް، ކެފޭ، ރެސްޓޯރަންޓް އަދި ގެސްޓްހައުސްތަކަށް ބޭނުންވާ އެންމެހައި މަސައްކަތްތައް ކުރުމުގައި ޤާބިލު އަދި ފަންނުވެރި ވިޔަފާރިއެކެވެ. މި ހިދުމަތް މިހާރުވެސް މާލޭގައި ދެމުންދާއިރު ތިނަދޫ ވެގެންދާނީ ވައިޓަލްގެ މި ހިދުމަތް ފުޅާކުރި ދެވަނަ ރަށަށެވެ.

ވައިޓަލް ކްރާފްޓުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި:
  1. ޕާޓިޝަން އަދި ސީލިންގގެ މަސައްކަތް
  2. ފިނިޝިންގގެ މަސައްކަތް
  3. ކަރަންޓު ވައިރިންގ
  4. އޭސީ އިންސްޓޯލްކުރުމާއި މެއިންޓެނަންސްގެ މަސައްކަތް
  5. ޕުޓީގެ މަސައްކަތް
  6. ކުލަލުން
  7. މުށިޖެހުން
  8. ސިމެންތީގެ މަސައްކަތް
  9. ވެލްޑިންގގެ މަސައްކަތް
  10. އެޕާޓްމަންޓުތަކަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ފަރުނީޗަރު ކަސްޓަމައިޒްކޮށް ތައްޔާރުކުރުން

މި ހުރިހާ މަސައްކަތެއްވެސް ކުރަނީ އެކަމަށް އެކަށޭނަ ފަންނީ މުވައްޒަފުންނާ އެކުގައެވެ. ޚާއްޞަކޮށް، އޭސީއާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ކުރުމަށް ޚާއްޞަ ހުނަރުވެރި ޓެކްނިކަލް ޓީމެއް ވައިޓަލް ކްރާފްޓްގައި މަސައްކަތްކުރެއެވެ.

ވައިޓަލް ކްރާފްޓްގެ މެނޭޖަރ އިބްރާހިމް މަނިކު ވިދާޅުވި ގޮތުގައި، "ތިނަދޫ ސިޓީގައި މި ފެށުނު މަސައްކަތް ވެގެންދާނީ ތިނަދޫ ސިޓީގެ ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ހޯދާ، ކަސްޓަމަރުން ހިތްހަމަޖެހޭ ފަދަ ފެންވަރެއްގެ ފުރިހަމަ ޙައްލު ހޯދައިދެވޭނެ ޚިދުމަތްތަކަކަށް" ކަމަށެވެ.

ތިނަދޫގައި ފެށި މި ހިދުމަތުގެ ޚާއްސަ އޮފީސް ހުންނާނީ މިހާރުވެސް ވައިޓަލް ގްރޫޕުން ތިނަދޫގައި ހުންގާ ވައިޓަލްކެއަރ ހުވަދޫ ހުންނަ އިމާރާތުގައި އެވެ. މި ހިދުމާއި ގުޅޭ އިތުރު މައުލޫމާތު 7981315 ނަމްބަރަށް ގުޅުއްވުމުން ލިބިގެންދާނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside