
އިންޑިއާގެ ބާރުގެ ދަށުގައި އޮތް ސްރީނަގަރު އެއާޕޯޓު ސަރަހައްދުގައި ބާރުގަދަ ގޮވުންތަކެއްގެ އަޑު!
# އިންޑިއާ - ޕާކިސްތާނު-
އިންޑިއާގެ ބެލުމުގެ ދަށުގައި އޮތް ސްރީނަގަރު އެއާޕޯޓު ސަރަހައްދުގައި ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ ނިއުސް އެޖެންސީ ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރު ސަރަހައްދުގެ ސްރީނަގަރު އެއާޕޯޓުގެ ވަށައިގެން ބާރުގަދަ ގޮވުންތަކެއް އަޑު މިރޭ ވަނީ އިވިފައި އެވެ.
މީގެ އިތުރުން އަލް ޖަޒީރާގެ ނޫސްވެރިޔާ އުމަރު މެހެރާޖް ރިޕޯޓުކުރާ ގޮތުގައި އެސަރަހައްދން އެތަކެއް ބާރު ގަދަ ގޮވުންތަކެއްގެ އަޑުތައް އިވުނީ މިރޭ އިންޑިއާ ގަޑިން 11:00 ހާއިރު އެވެ. އަދި ސްރީނަގަރު އެއާޕޯޓު ކައިރީން މިސައިލްތަކާއި ޑްރޯންތަކެއް ކަމަށް ބެލެވޭ ތަކެތި ވެސް ފެނުނު ކަމަށް އޭނާ ވަނީ ރިޕޯޓުކޮށްފައި އެވެ. އަދި މި ތަކެތި އައިސްފައިވަނީ ޕާކިސްތާނުން ކަން ކަށަވަރުކުރެވިފައިވާ ކަމަށް ވެސް އޭނާ ވަނީ އަލްޖަޒީރާގައި ރިޕޯޓުކޮށްފައި އެވެ.
ނަމަވެސް ޕާކިސްތާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު ލެފްޓިނެންޓް ޖެނެރަލް އަހްމަދު ޝަރީފް ޗައުދަރީ ވަނީ ޕާކިސްތާނުގެ އަސްކަރިއްޔާއިން އިންޑިއާއާ ދިމާލަށް ޑްރޯން އާއި މިސައިލް ފޮނުވާލާފައިވާ ކަމަށް ބުނާ ހުރިހާ ވާހަކަތަކެއް ދޮގުކުރައްވާފައެވެ.
ގުޅުންހުރި

އިންޑިއާގެ ބާރުގެ ދަށުގައި އޮތް ސްރީނަގަރު އެއާޕޯޓު ސަރަހައްދުގައި ބާރުގަދަ ގޮވުންތަކެއްގެ އަޑު!

ރޭ އެކަނިވެސް އިންޑިއާގެ 48 ޑްރޯން ވައްޓާލައިފި: ޖުމުލަ އަދަދު 77 އަށް!

އިންޑިއާގެ ކަނޑާއި ވައިގެ ޕޯޓުތަކާއި ޓާމިނަލްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި
