logoEN
Sto top
އެކްޓިންގ ސީޕީ ނަވީން ފުލުހުންގެ ސުޕްރިންޓެންޑެންޓް ރޭންކުގެ އޮފިސަރުންނާއި ބައްދަލުކުރައްވައިފި

އެކްޓިންގ ސީޕީ ނަވީން ފުލުހުންގެ ސުޕްރިންޓެންޑެންޓް ރޭންކުގެ އޮފިސަރުންނާއި ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

5/8/2025, 6:30:25 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ފުލުހުންގެ ސުޕްރިންޓެންޑެންޓް ރޭންކުގެ އޮފިސަރުންނާ ބައްދަލުކުރައްވައިފިއެވެ.

Wamco

މިއަދު އިސްކަންދަރުކޮށީގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި، ފުލުހުންގެ ޒިންމާ އަދާކުރުމުގައި މުވާސަލާތު ކުރުމުގެ ހުނަރުގެ މުހިއްމުކަމަށް އިޝާރާތްކުރައްވައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ، ކޮންމެ ފުލުހަކީވެސް ހަރުދަނާ މުވާސަލާތީ ހުނަރުތައް ދަސްކޮށް، ފުލުހެއްގެ ޒިންމާ އުފުލުގައި އެހުނަރުގެ ބޭނުން ހިފާ މީހަކަށް ވާންޖެހޭނެ ކަމަށް ދެކިލައްވާކަމަށެވެ. އަދި ލީޑަރޝިޕް މަގާމުތަކުގައި ތިއްބަވާ ފުލުހުން އަދާކުރައްވަންޖެހޭ ޒިންމާތަކާއި، އެކުވެރި މާހައުލެއްގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ފުލުހުންގެ މުއައްސަސާގެ ގަދަރު ހިފެހެއްޓުމަށްޓަކައި ކޮންމެ ފުލުހަކުވެސް މަސައްކަތްކުރައްވަންޖެހޭނެ ކަމަށާއި، ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ހާމަކަންބޮޑުގޮތެއްގައި އާންމުކުރެވެން ހުރި މައުލޫމާތުތައް ހާމަކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ފުލުހުންނަކީ ތަފާތު ގިނަ މަސައްކަތްތައް ކުރަންޖެހޭ ބައެއް ކަމަށާއި، ޒިންމާދާރުކަމާއެކު އިސް މަގާމުތަކުގައި ތިއްބަވާ ފުލުހުން ދަށުގައި މަސައްކަތް ކުރައްވައި ފުލުހުންނަށް މަގުދައްކައިދީ އެންމެން ގުޅިގެން މަސައްކަތްކުރުމުން ރައްޔިތުން ބޭނުންވާފަދަ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދެވިދާނެކަމަށެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިތުރަށް އަލިއަޅުވާލެއްވި ނުތާތަކުގެ ތެރޭގައި، ފުލުހުންގެ މެދުގައި އޮންނަންޖެހޭ އެކަކު އަނެއްކަކަށް އިހުތިރާމު ކުރުމުގެ ސަގާފަތް އާލާކޮށް ދެމެހެއްޓުމާއި މަސައްކަތުގެ ވަގުތުގައި ފުރިހަމަ ސަމާލުކަން ދިނުމުގެ މުހިއްމުކަމާއި، ފަރުވާތެރިކަމާއެކު މަސައްކަތްތައް ނިންމެވުމުގެ މުހިންމުކަން ހިމެނެއެވެ.

ނިންމަވާލައްވަމުން، ކޮންމެ ފުލުހަކުވެސް ދިރިއުޅުމުގައި ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި، ނަމަވެސް ހިތްހަމަނުޖެހޭ ދަނޑިވަޅުތަކުގައިވެސް އަވަސްއަރުވާލައްވައިގެން ނިންމުންތައް ނުނިންމެވުމަށް ޑެޕިއުޓީ ކޮމިޝަނަރ އިސްމާޢީލް ނަވީން އިރުޝާދު ދެއްވިއެވެ. އަދި މުވައްޒަފުންނާއި ވަސީލަތްތައް މަދު ނަމަވެސް، މިހާރަށްވުރެ ޒިންމާދާރު ގޮތެއްގައި މަސައްކަތްކުރެއްވުމަށް އެންމެހާ މުވައްޒަފުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް އޮފިސަރުންނަށް މުހިންމު އިރުޝާދުތަކެއް ވަނީ ދެއްވާފައެވެ. ހާއްސަކޮށް، ފުލުހުންގެ މަސައްކަތުގެ އަހުލާގާއި، ނަޒާހާތްތެރިކަމުގެ މުހިންމުކަމާއި، އެކުވެރިކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside