
ޕާކިސްތާނު ޖެޓެއް ވައްޓާލައި ޖެޓު ދުއްވަން އިން ޕައިލެޓް އިންޑިއާގެ ހައްޔަރަށް!
# އިންޑިއާ - ޕާކިސްތާނުއިންޑިއާއަށް ހަމަލާދޭން މަސައްކަތްކުރި ޕާކިސްތާނުގެ ޖެޓެއް ވައްޓާލައި އެ ޖެޓު ދުއްވަމުން ދިޔަ ޕައިލެޓް އިންޑިއާގެ ސަލާމަތީ ބާރު ތަކުން އަތުލައިގެންފި އެވެ.

ޕާކިސްތާނުގެ ވައިގެ ސިފައިންގެ ޕައިލެޓަކު ޖައިސަލްމޭރު ސިޓީގެ މަތިން އޭނާގެ ފައިޓާ ޖެޓުން ފުންމާލުމާއި އެކު އިންޑިއާގެ ސަލާމަތީ ބާރުތަކުން އަތުލައިގަނެފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން މިހާރު ދަނީ ރިޕޯޓުކުރަމުންނެވެ.
މިކަން އިންޑިއާގެ އަސްކަރީ މަސްދަރުތަކާއި ހަވާލާދީ އިންޑިއާގެ ޓްރިބިއުން ނޫހުން ކަށަވަރުކޮށްފައިވާއިރު އެ ޕައިލެޓްގެ ވަނަވަރު އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.
އިންޑިއާގެ ޓްރިބިއުން ނޫހުން ބުނާގޮގައި ފައިޓާ ޖެޓުގެ ޕައިލެޓް އިންޑިއާގެ ސަލާމަތީ ބާރުތަކުން އަތުލައިގަތީ އިންޑިއާގެ ހަމަލާތައް ޖެޓަށް އަމާޒުވުމާއި އެކު ޖެޓު ވެއްޓުމުގެ ކުރީން ޕައިލެޓް ޖެޓުން "އެޖެކްޓު" ކުރުމާއި ގުޅިގެންނެވެ. އެގޮތުން އޭނާ ޕެރެޝޫޓުގައި ތިރިކުރީ ޖައިސަލްމޭރަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިކަމާއި ގުޅިގެން އަދި މިހާތަނަށް ޕާކިސްތާނުން ބަހެއް ބުނެފައި ނުވެއެވެ.
ޕާކިސްތާނާއި އިންޑިއާއާއި ދެމެދު "ކުއްލި ހަނގުރާމައެއް" ފެށިފައިވާއިރު ދެގައުމުގެ ހަމަލާ ބަދަލުކުރުންތަކުގައި އެންމެ ބޮޑެތި ގެއްލުންތަކެއް މިހާތަނަށް ލިބިފައިވަނީ އިންޑިއާއަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގުޅުންހުރި

ރޭ އެކަނިވެސް އިންޑިއާގެ 48 ޑްރޯން ވައްޓާލައިފި: ޖުމުލަ އަދަދު 77 އަށް!

އިންޑިއާގެ ކަނޑާއި ވައިގެ ޕޯޓުތަކާއި ޓާމިނަލްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި

ކަޝްމީރުގައި ހުރި އިންޑިއާގެ އަސްކަރީ ތިން މަރުކަޒަކަށް ޕާކިސްތާނުން ހަމަލާދީފި
