logoEN
Sto top
ސެންޓްރަލް ޖަލާއި، ހޯޕް އައިލެންޑް ތަރައްޤީކުރުމަށް ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

ސެންޓްރަލް ޖަލާއި، ހޯޕް އައިލެންޑް ތަރައްޤީކުރުމަށް ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

އަހުމަދު ޝުރާއު

logo

5/7/2025, 4:57:55 PM

# ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ

-

ސެންޓްރަލް ޖަލާއި، ހޯޕް އައިލެންޑް ތަރައްޤީކުރުމަށް، ބަޔަކު ހޯދަން ކުރި އިޢުލާނުގެ މުއްދަތު އިތުރުކޮށްފިއެވެ.

Wamco

ސެންޓްރަލް ޖަލާއި، ހޯޕް އައިލެންޑް ތަރައްޤީކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވަނީ އުތުރު ތިލަފަޅުގައެވެ.

ސެންޓްރަލް ޖަލަކީ މިހާރު އެކި ރަށްރަށުގައި ހިންގަމުންދާ ޖަލުތައް، ސެންޓްރަލް އެއް ޖަލަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. އަދި ހޯޕް އައިލެންޑަކީ ކުށުގެ ވެށީގައި އުޅޭ ކުދިން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢަށް ނެރުމަށް ބޭނުންވާ މަސައްކަތްތަކަށް ޤާއިމުކުރާ ތަނެކެވެ. މި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ.

އިއުލާނުގެ މުއްދަތު އިތުރުކުރީ ގިނަ ފަރާތްތަކަށް ފުރުސަތުދިނުމުގެ ގޮތުންނެވެ.

ހޯޕް އައިލެންޑްގެ މަސައްކަތަށް 15 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. މިއީ ފެސިލިޓީގައި މަސައްކަތްކުރާ ފަރާތްތައް ހިމެނޭހެން ޖުމްލަ 700 މީހުންނަށް ތިބެވޭގޮތަށް ތަރައްޤީކުރާ ފެސިލިޓީއެކެވެ. މިތަނުގައި ރެޒިޑެންޝަލް ޔުނިޓް، އެޑިއުކޭޝަން ހަބް، ޓްރެއިނިން ފެސިލިޓީ، ކުޅިވަރުކުޅެވޭނެ ތަންތަން، މެޑިކަލް ފެސިލިޓީގެ އިތުރުން 700 މީހުންގެ ޖާގައިގެ މިސްކިތަކާއި ކޮމިއުނިޓީ އެންޑް ފެމިލީ އޭރިއާވެސް ހިމެނެއެވެ.

ހޯޕް އައިލެންޑަށް ގެންދާ ކުދިން ޢުމުރުން ކުދިން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެކަމަށް ސަރުކާރުންވަނީ ކުރިން ވިދާޅުވެފައެވެ. އެތަނުގައި ކުދިންގެ އަޚުލާގު ރަނގަޅުކުރުމަށް ހިންގާ ޕްރޮގްރާމްތަކާއި ތަޢުލީމާއި ތަމްރީން ދިނުމާއި އަދި ވަކި އުމުރަކަށް ދިއުމަށް ވަޒީފާގެ ތަޖުރިބާއާއި ފުރުޞަތުތައް ހޯދައިދޭނެއެވެ.

ސެންޓްރަލް ޖަލު އެޅުމަށް 30 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. ސެންޓްރަލް ޖަލުގައި، ރެޒިޑެންޝަލް ޔުނިޓް، ޑްރަގް ރިހެބިލިޓޭޝަން ފެސިލިޓީ، ހާފްވޭ ހައުސް، އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ފެސިލިޓީ، 1000 މީހުންގެ ޖާގައިގެ މިސްކިތެއް، މެޑިކަލް ފެސިލިޓީ އަދި މިނޫންވެސް ޖަލަށް ބޭނުންވާނެ ޚިދުމަތްތައް ހިމެނެއެވެ. މި ފެސިލިޓީއަކީ މިހާރު ވަކިވަކި ޖަލުތަކުގައި ޚިދުމަތް ދިނުމުގެ ސަބަބުން ދިމާވާ ދަތިތަކާ މައްސަލަތައް ހައްލުކުރުމަށް ހިންގާ މަޝްރޫޢެކެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މި މަޝްރޫޢު ހިންގުމަށް ޝަޢުގުވެރިވާ ފަރާތްތަކުން މިމަހުގެ 18ވަނަ ދުވަހުގެ މެންދުރު 02:00ގެ ކުރިން އެކަމަށް ހެދި ހުށައަޅަންޖެހެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside