
ގއ. ވިލިނގިލީ ކައުންސިލުން، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މަޝްވަރާކޮށްފި
# މޯލްޑިވްސް އިމިގްރޭޝަން--
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި ގުޅޭގޮތުން ގއ. ވިލިނގިލީ ކައުންސިލުން، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަނާ އެކު މަޝްވަރާގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ގއ. ވިލިނގިލީ ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒް އާއި ގއ. ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުޙައްމަދު އަދި ކައުންސިލްގެ އިތުރު މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ބައްދަލުވުން ކުރިއަށްގެންދިޔައީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީ.ޕީ (ރޓ) އަޙްމަދު ފަޞީޙް، ޑެޕިއުޓީ ކޮންޓްރޯލަރ އަޙްމަދު އަޝްފާން އަދި އިމިގްރޭޝަންގެ އިސް އޮފިޝަލުންނާއެކުއެވެ.
މި ބައްދަލުވުމުގައި ގއ. އަތޮޅުގައި އިމިގްރޭޝަންގެ ޚިދުމަތްތައް ފެށުމާއި، އެ އަތޮޅަށް ދިމާވެފައިވާ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަތޮޅުތަކުގެ ކައުންސިލް ތަކުން އެއްބާރުލުން ލިބޭކަން އިމިގްރޭޝަނުން ފާހަގަކުރެއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ޤައުމީ ފެންވަރުގެ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.
މި އޮޕަރޭޝަންގެ ދަށުން ގަވާއިދާ ޚިލާފަށް ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފުވެގެން 6700 އަށްވުރެ ގިނަ ބިދޭސީންވަނީ ޑީޕޯޓުކޮށްލާފައެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތައް އިމިގްރޭޝަނުން ދަނީ އަތޮޅުތަކަށް ފުޅާ ކުރަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގެ ދެ ރަށެއްގައި ވަނީ މިއޮޕަރޭޝަން ކުރިއަށް ގެންގޮސްފައެވެ.
ގުޅުންހުރި

ގއ. ވިލިނގިލީ ކައުންސިލުން، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މަޝްވަރާކޮށްފި

ހީނާމާގެ ޕާކިންގ ސަރަޙައްދުން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 4 ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގެ ދެސަރަހައްދަކުން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 13 ބިދޭސީއަކު އަތުލައިގެންފި
