-1745402326009-1746514851883.webp&w=3840&q=75)
ނޭޝަނަލް މެންޓަލް ހެލްތު އެޑްވައިޒަރީ ކޮމެޓީގެ ޗެއާޕާސަންއަކަށް ޑެޕިއުޓީ މިނިސްޓަރު އައިމިނަތު!
# ހެލްތު މިނިސްޓްރީ--
ނަފްސާނީ ސިއްޙަތުގެ ނިޒާމް ތަރައްޤީކޮށް ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ ޤައުމީ ލަނޑުދަނޑިތައް ޙާސިލްކޮށް ޚިދުމަތްތައް ފުޅާކޮށް ހަރުދަނާކުރުމަށް ބާރުއަޅާ މަގުފަހި ކުރުމުމަށް ގުޅުންހުރި މުއައްސަސާތަކާއި އެކު ފަންނީ ލަފާ ފޯރުކޮށްދިނުމަށް އެކުލަވާލެފައިވާ "ނޭޝަނަލް މެންޓަލް ހެލްތު އެޑްވައިޒަރީ" ކޮމެޓީ ގެ ދެވަނަ ބައްދަލުވުންތަކުގެ ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ވަނީ "ނޭޝަނަލް މެންޓަލް ހެލްތު އެޑްވައިޒަރީ" ގެ ޗެއަރ ޕާރސަން ހޮވާފައެވެ. އެގޮތުން ކޮމެޓީގެ ޗެއަރ ޕާރސަން އަކަށް ހޮވިފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ މިނިސްޓަރ އައިމިނަތު އިސްމާޢީލް އެވެ.
މި ކޮމެޓީގެ މަޤްޞަދަކީ ނަފްސާނީ ސިއްޙަތުގެ ނިޒާމު ތަރައްޤީކޮށް ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ ޕޮލިސީ، ސްޓްރެޓެޖީތައް ކަނޑައަޅުމާއި، މިންގަނޑުތަކާއި، ޤަވާއިދުތަކާއި، އެކިއެކި ޕްލޭންތަކާއި ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް އެކުލަވާލުމަށް ބޭނުންވާ ފަންނީ ވިސްނުން ޑިޕާޓްމަންޓަށް ޙިއްސާކޮށް އިރުޝާދު ދިނުމާއި، ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާއި، ނަފްސާނީ ސިއްޙަތުގެ ޤައުމީ ލަނޑުދަނޑިތައް ޙާސިލް ކުރުމަށް ބާރުއަޅާ މަގުފަހި ކުރުމުގެ އިތުރުން ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމެންޓާއި، ގުޅުންހުރި މުއައްސަސާތަކުން ކުރާ މަސައްކަތްތަކުގައި ފަންނީ ލަފާ ފޯރުކޮށްދިނުމެވެ.
އެގޮތުން މި ކޮމެޓީގެ ބައްދަލުވުން ކޮންމެ މަހަކު ބޭއްވުމަށް ކޮމެޓީގެ މަޝަވަރާގައި ވަނީ ނިންމާފައެވެ.
މި ކޮމެޓީގައި މެމްބަރުން ހިމެނޭ ދާއިރާތަކަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ، ޔުނިސެފް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ޔޫތު އެންޑް އެމްޕަވަރމަންޓް، ނޭޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތު، މެންޓަލް ހެލްތު ސެންޓަރ ހުޅުމާލެ، ނޭޝަނަލް ޑްރަގް އެޖެންސީ، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އަދި ސައިކޮލޮޖިސްޓެކެވެ.
ގުޅުންހުރި
-1745402326009-1746514851883.webp&w=3840&q=75)
ނޭޝަނަލް މެންޓަލް ހެލްތު އެޑްވައިޒަރީ ކޮމެޓީގެ ޗެއާޕާސަންއަކަށް ޑެޕިއުޓީ މިނިސްޓަރު އައިމިނަތު!

ގއ އަތޮޅު ހޮސްޕިޓަލުގެ އިމަޖެންސީ އޮޕަރޭޝަން ހަރުދަނާ ކުރުމަށް ވޯރކްޝޮޕެއް!

މެރކް ފައުންޑޭޝަނާ ގުޅިގެން ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް މަޝްވަރާކޮށްފި
