logoEN
Sto top
 އޭޕްރީލް މަހު ފުލުހުންނަށް ޖުމްލަ 738 މައްސަލަ ހުށަހަޅާފައިވޭ!

އޭޕްރީލް މަހު ފުލުހުންނަށް ޖުމްލަ 738 މައްސަލަ ހުށަހަޅާފައިވޭ!

އަހުމަދު ޝުރާއު

logo

5/6/2025, 8:17:23 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

މިދިޔަ މަހު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު ދަށްވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

Wamco

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި ނިމުނު އޭޕްރީލް މަހު ފުލުހުންނަށް ޖުމްލަ 738 މައްސަލަ ހުށަހަޅާފައިވެއެވެ. މިދިޔަ މާރިޗު މަހު ފުލުހުންނަށް ހުށަހަޅާފައިވަނީ ޖުމްލަ 757 މައްސަލައެވެ. އަދި މިދިޔަ އަހަރުގެ އޭޕްރީލްމަހު ފުލުހުންނަށް ހުށަހަޅާފައިވަނީ ޖުމްލަ 980 މައްސަލައެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލްމަހާއި، އަޅާ ބަލާއިރު މިއަހަރުގެ އޭޕްރީލްމަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަށް މިވަނީ ދަށްވެފައެވެ.

އޭޕްރީލް މަހު ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލައެވެ. މިގޮތުން ވައްކަމުގެ 199 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އޭޕްރީލް މަހު 2 ވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓްތަކުގެ 170 މައްސަލަ ހުށަހަޅާފައިވެއެވެ.

އޭޕްރީލް މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތައް:

• ވައްކަމުގެ 199 މައްސަލަ

• ޓްރެފިކް އެކްސިޑެންޓްތަކުގެ 170 މައްސަލަ

• މަސްތުވާތަކެއްޗާ ގުޅޭ 151 މައްސަލަ

• އެއްޗެހި ގެއްލިގެން 71 މައްސަލަ

• މުދަލަށް ގެއްލުން ދިނުމުގެ 33 މައްސަލަ

• އަނިޔާކުރުމުގެ 43 މައްސަލަ

• ގެވެށި އަނިޔާގެ 24 މައްސަލަ

• ޖިންސީ ގޯނާ ކުރުމުގެ 20 މައްސަލަ

• ފޭރުމުގެ 12 މައްސަލަ

• ޚިޔާނަތުގެ 11 މައްސަލަ

• ފޯޖް ކުރުމުގެ 4 މައްސަލަ

ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކަށްފަހު ތިންވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަސްތުވާތަކެތީގެ 151 މައްސަލަ ހުށަހަޅާފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside