logoEN
Sto top
އެމްޕީއެލް ޓަވަރުތަކުގެ ކޮންމެ އެޕާޓްމެންޓަކުން މާދަމާ އެއް ގަޑިއިރަށް ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

އެމްޕީއެލް ޓަވަރުތަކުގެ ކޮންމެ އެޕާޓްމެންޓަކުން މާދަމާ އެއް ގަޑިއިރަށް ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

އަހުމަދު ޝުރާއު

logo

4/30/2025, 5:48:30 PM

# ސްޓެލްކޯ

ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ހުޅުމާޅެ ފޭސް 2 އެމްޕީއެލް ޓަވަރުތަކުގެ ކޮންމެ އެޕާޓްމަންޓަކުން މާދަމާ އެއް ގަޑިއިރަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

Wamco

ސްޓެލްކޯއިން މިއަދު ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުގައޮ އެ ކުންފުނިން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް ވަނީ ތާވަލު ކުރެވިފައިވާ ކަމަށެވެ.

މިގޮތުން އެޓަވަރުތަކުގައި މަސައްކަތް ކުރުމަށްޓަކައި 1 މޭ 2025 ވާ ބުރާސްފަތި ދުވަހު (މާދަމާ)ގެ ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު، އެ ޓަވަރުތަކުގެ ކޮންމެ އެޕާޓްމަންޓަކުންވެސް ގާތްގަނޑަކަށް އެއް ގަޑިއިރަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައި އެވެ.

އަދި މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް އެކުންފުނިން ވަނީ މާފަށް އެދިފައި އެވެ.

ސްޓެލްކޯއިން ދަނީ އެކުންފުނިން ދެމުންދާ ކަރަންޓުގެ ހިދުމަތް ރަނގަޅުކޮށް ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޕީކް ސީޒަނާއި ދިމާކޮށް ސްޓެލްކޯއިން ހުޅުމާލޭގައި އިތުރު އިންޖީނުތަކެއްވެސް ވަނީ އޮޕަރޭޝަނަށް ތައްޔާރުކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside