
--
މިދިޔަ ހުކުރު ދުވަހު އަންހެން މީހަކު އިމާރާތަކުން ވެއްޓުނު މައްސަލާގައި ރޭ ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް 5 ދުވަހަށް ބަންދުކުރަން ކޯޓުން އަމަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ 5 އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަޙްމަދު ޛިލާލް ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.
ރައުދު ހައްޔަރުކުރުމާއި ގުޅޭގޮތުން އިއްޔެ ފުލުހުންގެ ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ އޭނާ ހައްޔަރުކުރަން ފުލުހުން ކޯޓު އަމުރަކަށް އެދުނީ ތަހުގީގަށް އޭނާގެ ފަރާތުން އެއްބާރުލުން ލިބެމުންނުދާތީ ކަމަށެވެ.
ރައުދު ހައްޔަރުކުރުމުގެ އިތުރުން މި މައްސަލައާއި ގުޅުންހުރި 9 މީހެއްގެވަނަވަރު ފުލުހުން މިއަދު ހާމަކޮށްފައިވެއެވެ. އަދި އެމީހުން ފުރުން މަނާކުރުމަށް ޕާސްޕޯޓުތައް ވަނީ ހިފަހައްޓާފައި ކަމަށްވެސް ވަނީ ބުނެފައި އެވެ.
ފުލުހުން ބުނާގޮތުގައި އިއްޔެ ވަނަވަރު އާންމުކުރި ޒުވާނުންތަކަކީ ހާދިސާ ހިނގި ރޭ 12:30 އިން ފެށިގެން 3:30 އެހާކަންހާއިރާ ހަމައަށް މާލޭގެ މެދުތެރޭގައި ހުންނަ ގ މާންދޫގޭދެކުނުގެ ގޭގައި އެއްވުމެއް ބޭއްވި ޒުވާނުންތަކެކެވެ. އޭގެ ތެރެއިން ރައުދާއި ވެއްޓުނު ޒުވާނާގެ އިތުރު ދެ މީހަކާ އެކު ސްޓެލްކޯ ކައިރީގައި ކަށިވެލިގެއަށް ދިޔައީ 4 ޖަހަން އުޅެނިކޮށެވެ. އެ ގޭގައި މާ ގިނައިރުނުކޮށް އެ މީހުން ނުކުތެވެ. ފުލުހުން މިއަދު އާންމުކުރި ސީސީޓީޖީ ފުޓޭޖުން އެނގުނު ގޮތުގައި ޔުމްނުއާއި ރައުދު 4:15 އެހާކަންހާއިރު ވަންނަނީ އެ މީހުންނާ އެއްވެސް ގުޅުމެއް ނެތް ގެއަކަށެވެ. އަންހެން މީހާ ވެއްޓުނީ އެގޭގެ 9 ވަނަ ފަންގިފިލާއިން ކަމަށް ފުކލުހުން ބުނެއެވެ، ވީޑިއޯއިން ފެންނަ ގޮތުގައި އެ ގެއަށް ދިޔައިރު ދެ މީހުން ވެސް ތިބީ މަސްތުގެ ހާލުގައެވެ. އަދި ދެމީހުން ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރުވެސް ސެންސަރު ކުރުމަށްފަހު ވަނީ ދައްކާފައި އެވެ.
ފުޓޭޖުން ފެންނަ ގޮތުގައި ޔުމްނު ވެއްޓުނު ވަގުތު ގާތުގައި ރައުދެއް ނެތެވެ. އޭނާ ފަހުން ޔުމްނު ހޯދަން މަސައްކަތްކުރާތަން ފުޓޭޖުން ފެނެއެވެ.
ގުޅުންހުރި
