
--
ސިއްހީ ދާއިރާއިން ދިވެހިން ތަމްރީން ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒުކަމުގައި ހެލްތު މިނިސްޓަރ އަބުދުﷲ ނާޘިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ރާއްޖޭގައި އެލައިޑް ހެލްތު ޕްރޮފެޝަނަލުން ތަމްރީނުކުރެވޭނެ ދާއިމީ އިންތިޒާމެއް ޤާއިމުކުރުމަށްޓަކައި ހެލްތު މިނިސްޓްރީއާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެވެ.
އެގޮތުންމިނިސްޓަރ އަބުދުﷲ ނާޘިމް އިބްރާހިމް ވިދާޅުވީ، މިދާއިރާއިން މީހުން ބޭނުންވާވަރު ދެނެގަތުމަށް ހެދި އެސެސްމަންޓް ގިނަ ބަޔަކު މިދާއިރާއަށް ބޭނުންވާ ކަން ފާހަގަވެފައިވާ ކަމަށެވެ.
އަދި މި ދާއިރާއިން ތަމްރީނުވެފައިތިބި ދިވެހިންގެ އަދަދު މަދުކަމުން އަތޮޅު ތެރޭގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރައްވަނީ ބިދޭސީ މުވައްޒަފުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތައް އެދެވޭ ބަދަލެއް ގެނެވޭނީ މިދާއިރާއިން މީހުން ތަމްރީން ކޮށްގެން ކަމަށެވެ. އެހެންކަމުން ސަރުކާރުގެ މިހާރުގެ އަމާޒަކީ ހެލްތު ސެކްޓަރގެ އިންފްރާސްޓްރަކްޗަރ އަށް ކުރާ ޚަރަދާ އެއްވަރަށް ނޫނީ އެއަށްވުރެ ބޮޑަށް މީހުން ތަމްރީން ކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ގުޅުންހުރި
-1745402326009-1746514851883.webp&w=3840&q=75)
ނޭޝަނަލް މެންޓަލް ހެލްތު އެޑްވައިޒަރީ ކޮމެޓީގެ ޗެއާޕާސަންއަކަށް ޑެޕިއުޓީ މިނިސްޓަރު އައިމިނަތު!

ގއ އަތޮޅު ހޮސްޕިޓަލުގެ އިމަޖެންސީ އޮޕަރޭޝަން ހަރުދަނާ ކުރުމަށް ވޯރކްޝޮޕެއް!

މެރކް ފައުންޑޭޝަނާ ގުޅިގެން ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް މަޝްވަރާކޮށްފި
