logoEN
Sto top
 15 ސްކޫލަކުން 42 މުދައްރިސުންނަށް ފެހި މަދަރުސާ ވޯކްޝޮޕެއް ކުރިޔަށްގެންގޮސްފި

15 ސްކޫލަކުން 42 މުދައްރިސުންނަށް ފެހި މަދަރުސާ ވޯކްޝޮޕެއް ކުރިޔަށްގެންގޮސްފި

އަހުމަދު ޝުރާއު

logo

4/22/2025, 8:32:55 AM

# އެޑިއުކޭޝަން މިނިސްޓްރީ

--

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެން.އައި.އީ) - މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ސޮނެވާ ނަމުނާ ގުޅިގެން، ބ. އަތޮޅާއި ނ. އަތޮޅުގެ 15 ސްކޫލަކުން 42 މުދައްރިސުންނަށް 'ފެހި މަދަރުސާ' ޓްރެއިނިންގް އޮފް ޓްރެއިނަރސް (ޓީ.އޯ.ޓީ) ވޯކްޝޮޕެއް ބާއްވައިފިއެވެ.

Wamco

މި ވޯކްޝޮޕް ކުރިއަށް ގެންދިޔައީ އޭޕްރިލް މަހުގެ 20 އާއި 21 އަށް، ބ. ދަރަވަންދޫގައެވެ.

މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށީގެ ކަންކަން ކުރިއަށްގެންދިއުމަށް ތައްޔާރްޔާރުކުރެވިފައިވާ ފެހި މަދަރުސާ އޮނިގަނޑު ތަންފީޒުކުރުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ފޯރުކޮށްދިނުމެވެ.

މި ވޯކްޝޮޕްގެ ތެރެއިން ފެހި މަދަރުސާ އޮނިގަނޑާއި އަލަށް ގުޅުނު 15 ސްކޫލާއެކު، ޖުމްލަ 62 ސްކޫލަކުންވަނީ ފެހި މަދަރުސާ ޕްރޮގްރާމްގައި ބައިވެރިވެފައެވެ. މި ބުރުގައި ފެހި މަދަރުސާ ޕްރޮގްރާމާއި އަލަށް ގުޅުނު ސްކޫލްތަކުގެ ތެރޭގައި ބ. ގޮއިދޫ، ބ. ފެހެންދޫ، ބ. ހިތާދޫ، ބ. ތުޅާދޫ، ބ. އޭދަފުށި، ބ. މާޅޮސް، ބ. ދަރަވަންދޫ، ބ. ދޮންފަނު، ބ. ކިހާދޫ، ބ. ކަމަދޫ، ބ. ކުޑަރިކިލު، ބ. ކެންދޫ، ނ. މަގޫދޫ، ނ. ޅޮހި، އަދި ނ. ކުޑަފަރީގެ ހިމެނެއެވެ.

ވޯކްޝޮޕްގެ ތެރެއިން، ތިމާވެށި ރައްކާތެރިކުރުމުގެ ޢަމަލީ މަސައްކަތްތައް ރޭވުމާއި، ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމާއި، މުޖުތަމަޢުގެ ބައިވެރިވުން ހޯދުމަށް ގެންގުޅެވޭނެ އުކުޅުތައް އަށަގެންނެވުމަށް އަމާޒުކޮށްގެން ސެޝަންތައް ކުރިއަށް ގެންދެވުނެވެ. އަދި ބައިވެރިވި މުދައްރިސުން މަސައްކަތްކުރައްވާ ސްކޫލްތަކުގެ ޙާލަތާ ގުޅޭގޮތަށް ޕްރޮގްރާމް ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާތައްވެސް ކުރެވުނެވެ.

މި ވޯކްޝޮޕްއަކީ ވޯލްޑް ބޭންކުގެ އެހީއާއެކު ކުރިއަށްގެންދާ އެޓޯލް އެޑިޔުކޭޝަން ޑެވްލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދެވުނު ވޯކްޝޮޕްއެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside