logoEN
Sto top
ލޭބަރ ފޯސް ސާރވޭ މާލެ ސަރަހައްދުގައި ފެށިގެން ކުރިޔަށްދަނީ

ލޭބަރ ފޯސް ސާރވޭ މާލެ ސަރަހައްދުގައި ފެށިގެން ކުރިޔަށްދަނީ

އަހުމަދު ޝުރާއު

logo

4/20/2025, 3:18:11 PM

# މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

-

ލޭބަރ ފޯސް ސާރވޭގެ ފީލްޑް މަސައްކަތް މިއަދުން ފެށިގެން މާލެއާއި ވިލިމާލޭގެ އިތުރުން ހުޅުމާލޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް) އިން ބުނެފިއެވެ.

Wamco

އެމް.ބި.އެސް އިން މިއަދު ހާމަކުރި ގޮތުގައި މި ސާރވޭގެ މަސައްކަތް މާލެ ސަރަހައްދުގައި ކުރިއަށްދާނީ އެޕްރީލް 20 އިން ފެށިގެން 26 ގެ ނިޔަލަށެވެ. އަދި ސާރވޭ ކުރިއަށްގެންދާނީ ރެންޑަމްކޮށް ހޮވާލެވިފައިވާ ގޭބިސީތަކުގައި ކަމަށެވެ.

އެމް.ބީ.އެސް އިން ހާމަކުރާ ގޮތުގައި މި ސާރވޭގެ ތެރެއިން ހޯދާނީ ތަޢުލީމާއި، ހިޖުރަކުރުމާއި، ވަޒީފާއާއި އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ އާބާދީގެ ތަފްޞީލާއި، މީހުންގެ އާންމު މަޢުލޫމާތާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ އާބާދީގެ ތަފްޞީލާއި، ގޭތެރޭގެ މަސައްކަތުގައި ވަގުތު ހޭދަކުރާ މިންވަރުގެ އިތުރުން އާމްދަނީ ލިބޭ މަސައްކަތް ހޯދާ އަދި ލިބިފައިނުވާ އަބާދީގެ ތަފްޞީލާ ގުޅޭ މަޢުލޫމާތެވެ.

މި ސާރވޭ އަށް ހޮވޭ ގޭބިސީތަކަށް އެއް ފަހަރަށްވުރެ ގިނަ ފަހަރުވެސް ޒިޔާރަތްކޮށްފާނެ ކަމަށާއި، މި މަޢުލޫމާތުތަކަކީ މުހިންމު ނިންމުމަށް ބޭނުންކުރެވޭނެ މަޢުލޫމާތު ކަމަށްވުމާއެކު، މި ސާރވޭއަށް ގޭބިސީތަކުން އެއްބާރުލުން ދެއްވުމަށް އެމް.ބީ.އެސް އިން ވަނީ އެދިފައެވެ.

ލޭބަރ ފޯސް ސާރވޭގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި އިޤުތިޞާދީ ގޮތުން ހަރަކާތްތެރިވާ އާބާދީ ދެނެގަތުމާއި، ލޭބަރ ފޯސް ޕާޓިސިޕޭޝަން ރޭޓް ދެނެގަތުމާއި، އަލަށް ވަޒީފާ އުފެދޭވަރު ދެނެގަތުމުގެ އިތުރުން އެމްޕްލޮއިމަންޓް އަދި އަންއެމްޕްލޮއިމަންޓް ރޭޓް ދެނެގަތުން ހިމެނެއެވެ.

މީގެ އިތުރުން ހިޖުރަކުރުމުގެ ރޭޓު ހޯދައި އާބާދީގެ ޕްރޮޖެކްޝަންސްތައް އަދާހަމަކުރުމަށް ބޭނުންވާ ޑޭޓާ ހޯދުމާއި، "ޑީސެންޓް ޖޮބްސް އިންޑިކޭޓަރ" އެކުލަވާލުމަށް ބޭނުންވާ ޑޭޓާ ހޯދުން އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުވާ މިންވަރު ދެނެގަތުމަކީވެސް މި ސާރވޭގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside