
ހަމަލާތައް ހުއްޓާލަން ދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް މަޖިލީހުން ފާސްކޮށްފި
# ރާއްޖެ - ފަލަސްތީން--
ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލް ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރަން ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.

ނިރުބަވެރި އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ އުދުވާނާއި ގުޅިގެން އިޒްރޭލުން ރާއްޖެއަށް ޔަހޫދީން އެތެރެވިޔަ ނުދިނުމަށް އިމިގްރޭޝަން ގާނޫނަށް ބަދަލު ގެނައުމަށް މަޖިލީހަށް ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ.
މިދިޔަ އަހަރުގެ މެއި މަހު މީކާއިލް ހުށަހެޅުއްވި ބިލުގައި ހިމެނެނީ އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ އެންމެހާ ފަރާތްތަކަށް ރާއްޖެ އެތެރެވުން މަނާކުރުމަށެވެ. ނަމަވެސް އިމިގްރޭޝަނުން ހުށަހެޅީ ހަމައެކަނި ރާއްޖެ އައުމަށް އިސްރާއީލުގެ ޕާސްޕޯޓު ހުށަހަޅާ ފަރާތްތަކަށް އެތެރެވުން މަނާކުރުމަށެވެ. އަދި ކޮމެޓީ މަރުހަލާގައި ޕީއެންސީއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ރައްްޔިތުންނާއި މެދު ހިންގަމުންގެންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަން ދެން އިސްރާއީލުގެ ޕާސްޓުގައި ރާއްޖެއަށް އެތެރެވުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.
ކޮމެޓީއިން ތަޅުމަށް މި އިސްލާހު ފޮނުވި ގޮތާއި މެދު މިއަދު ބަހުސް ކުރި އިރު އިދިކޮޅު ފަރާތްތަކުން ކޮމެޓީ މަރުހަލާގައި އިސްލާހަށް ގެނައި ކަންކަމާއި ވަނީ ދެކޮޅު ހަދާފައި އެވެ. އެގޮތުން އިދިކޮޅުން ބުނާގޮތުގައި ކޮމެޓީން އިސްލާހު ތަޅުމަށް ފޮނުވި ގޮތުން ނަމަ ޑުއަލް ޕާސްޕޯޓު އޮތް އިޒްރޭލުޔގެ ފަރާތްތަކަށް ރާއްޖެ އެތެރެވުމަށް އެއްވެސް ހުރަހެއް ނެތެވެ.
އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހު ފާސްކުރީ މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުން ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
މި އިސްލާހް ރައީސް މުއިއްޒު ތަސްދީގުކުރާ ވަގުތުން ފެށިގެން ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލު ޕާސްޕޯޓުގައި އިޒްރޭލުގެ އެއްވެސް ފަރާތަކަށް ރާއްޖެ އެތެރެނުވެވޭނެ އެވެ.
ގުޅުންހުރި

ހަމަލާތައް ހުއްޓާލަން ދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް މަޖިލީހުން ފާސްކޮށްފި

އިސްރާއިލުން ޣައްޒާއަށް ދިން ވަރުގަދަ ހަމަލާ, ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ފަލަސްޠީނުގެ ރައްޔިތުން، އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތަށް ރައީސްގެ ތައުރީފް!
