
--
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ޖީ. ބާލަސުބްރަމާނިއަން، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު، މޫސާ ޒަމީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގައެވެ.
މި ބައްދަލުވުމުގައި ވަޒީރާއި ސަފީރު ވަނީ ދިވެހިރާއްޖެއާއި އިންޑިއާ އާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.
މި ބައްދަލުވުމުގައި ސަފީރުގެ އަރިހުގައި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ވަޒީރުގެ އަރިހުގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ އިސްވެރިންވެސް ބައިވެރިވެލެއްވިއެވެ.
އިންޑިއާގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް އަރުއްވާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހު އެވެ.
ގުޅުންހުރި

ދައުލަތުގެ އޮފީސް ހިންގުމުގެ ޚަރަދު 70.3 އިންސައްތަ ދަށަށް!

ދައުލަތުގެ އާމްދަނީ މިދިޔަ އަހަރަށްވުރެ 5.6 އިންސައްތަ އިތުރުވެ، 14.9 ބިލިއަން ރުފިޔާއަށް އަރައިފި

ދައުލަތުގެ އިދާރީ ހިންގުމުގެ ޚަރަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10 އިންސައްތަ ދަށް!
