
ނެޝަނަލް ހެލްތު ލެބޯޓަރީގެ ތަހުލީލުތަކުގެ ފެންވަރު ބެލުމަށް އެސެސްމެންޓްތަކެއް ހަދައިފި
# ހެލްތު މިނިސްޓްރީ---
ނެޝަނަލް ހެލްތު ލެބޯޓަރީގެ ތަހުލީލުތަކުގެ ފެންވަރު ބެލުމަށް އެސެސްމެންޓްތަކެއް ހަދައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ)ގެ ނެޝަނަލް ހެލްތު ލެބޯޓަރީގެ ތަހުލީލުތަކުގެ ފެންވަރު ބެލުމަށް އެސެސްމެންޓްތަކެއް ހަދާފައިވަނީ ތައިލެންޑުގެ ލެބޯޓަރީ އެކްރެޑިޓޭޝަން ބޯޑު (ބިއުރޯ އޮފް ލެބޯޓަރީ ކޮލިޓީ ސްޓެންޑަޑްސް (ބީއެލްކިޔުއެސް))ގެ ފަރާތުން ކަމަށެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނެޝަނަލް ހެލްތު ލެބޯޓަރީގެ ތަހުލީލުތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، 2008 އިން ފެށިގެން ލެބޯޓަރީ ވަނީ ބައިނަލްއަޤްވާމީ މިންގަނޑު "އައިއެސްއޯ/އައިއީސީ 17025" އަށް އެކްރެޑިޓް ކުރެވިފައެވެ.
މި އެކްރެޑިޓޭޝަންގެ ހާލަތު ވަޒަންކުރުމަށާއި، އެކްރެޑިޓް ކުރެވިފައިވާ ތަހުލީލުތަކުގެ ދާއިރާ ފުޅާކުރުމުގެ މަޤްޞަދުގައި، މިއެސެސްމަންޓް މިމަހުގެ 10 އިން 11 އަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވެއެވެ.
ގުޅުންހުރި
-1744786145570.webp&w=3840&q=75)
ދުންފަތް ކޮންޓްރޯލް ކުރުމަށް ހެދިފައިވާ ޤާނޫނުތައް ތަންފީޒުކުރުން ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި
-1744710865547.webp&w=3840&q=75)
ޞިއްހީ ދާއިރާގެ ޚިދުމަތް ޑިޖިޓަލް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ނ.ވެލިދޫގައި ޑަޔަލިސިސް ގެ ޚިދުމަތް ފަށައިފި
