logoEN
Sto top
ޒަކާތު ފަންޑުގެ ސްކޮލަރޝިޕްތައް މި ހަފްތާގައި އިއުލާނު ކުރަނީ

ޒަކާތު ފަންޑުގެ ސްކޮލަރޝިޕްތައް މި ހަފްތާގައި އިއުލާނު ކުރަނީ

އަހުމަދު ޝުރާއު

logo

4/13/2025, 5:54:53 AM

# އިސްލާމިކް މިނިސްޓްރީ

--

ޒަކާތު ފަންޑުގެ ސްކޮލަރޝިޕް މި ހަފްތާގައި އިއުލާންކުރެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

Wamco

ވަޒީރު، ވިދާޅުވީ މި ސްކޮލަރޝިޕްގެ ތެރެއިން އިސްލާމީ އިލްމުގެ މުހިންމު ތަފާތު ދާއިރާތަކުން މާސްޓަރސް ޑިގްރީއާއި ޕީއެޗްޑީގެ ގިނަ ފުރުސަތު ހުޅުވައިލެވޭނެ ކަމަަށެވެ. އޭގެ އިތުރުން މެޑިސިންގެ ދާއިރާއިން ސުޕަރ ސުޕެޝަލިސްޓުން މި ގައުމުގައި ނެތް މުހިންމު ބައެއް ދާއިރާތަކަށް ވެސް އެހީ ދެވޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

"ޒަކާތު ފަންޑުގެ ފީ ސަބީލި ﷲ ބައިން މި ފުރުޞަތުތަކަށް ފަންޑުކުރެވިގެންދާނެ. ދިވެހި ރައްޔިތުންގެ ދީލަތި ކަމާއެކު، ޒަކާތު ފަންޑު އިތުރުވެގެން ދިއުމަކީ އިސްލާމްދީނަށް ލިބިގެން ދިޔަ ނަޞްރެކެވެ،"

މީގެ އިތުރުން ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމާއި ޙާފިޒުން އުފެއްދުމުގެ މަޝްރޫއުތަކަށް ވެސް ހަރަދު ކުރެވޭނެ ކަމަށާއި މިކަންކަމަކީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ކަމުގައި މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިކަންކަމުގެ އިތުރުން ޒަކާތު ފަންޑުގެ ފަގީރުންނާއި މިސްކީނުންގެ ބައިން ފަގީރުންގެ ބޭސް ފަރުވާ އާއި ކިޑްނީ ޓްރާންސް ޕްލާންޓްކުރުމާއި ބޯން މެރޯ ހެދުމާއި ފުއްޕާމެއާއި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ވެސް ދަނީ ހޭދަކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިކަންކަމުގެ އިތުރުން މިޞްރާއި ސަޢުދީ ފަދަ ޤައުމުތަކުގައި އަމިއްލަ ޚަރަދުގައި އިސްލާމީ އިލްމު އުނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް މާލީ އެހީ ދިނުމަށް ވެސް ނިންމާފައިވާކަމަށެވެ.

ފާއިތުވެދިޔަ އަހަރަކީ ޒަކާތު ފަންޑަށް މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ އަދަދަޖަށް ފައިސާ ލިބުނު އަހަރުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޒަކާތު ފަންޑަށް މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ފައިސާ މިދިޔަ އަހަރު ލިބިފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside