logoEN
Sto top
ތުރުކީއިން ރާއްޖެއަށް މިސައިލް މަނަވަރެއް ހަދިޔާކުރަނީ: މަނަވަރަށް ދިވެހި ސިފައިން ތަމްރީނުކުރުން ފެށިއްޖެ

ތުރުކީއިން ރާއްޖެއަށް މިސައިލް މަނަވަރެއް ހަދިޔާކުރަނީ: މަނަވަރަށް ދިވެހި ސިފައިން ތަމްރީނުކުރުން ފެށިއްޖެ

އަހުމަދު ޝުރާއު

logo

4/12/2025, 4:47:55 PM

# ރާއްޖެ - ތުރުކީ

--

ތުރުކީއިން ރާއްޖެއަށް މިސައިލް މަނަވަރެއް ހަދިޔާކުރަން ނިންމާފައިވާކަން އެގައުމުން ރަސްމީކޮށް ހާމަކޮށްފި އެވެ.

Wamco

ތުރުކީގެ ދިފާއީ ވުޒާރާއިން އެގައުމުގެ މައި ނޫސް އަނަޑޯލު އެޖެންސީއަށް މައުލޫމާތު ދީފައިވާ ގޮތުގައި ތުރުކީއިން ރާްއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވަނީ ޑޮގަން ކްލާހުގެ ފާސްޓް އެޓޭކް ކްރާފްޓެއް ކަމަށްވާ ޓީސީޖީ ވޮލްކަން (ޕީ-343) އެވެ. މިއީ މީގެ ކުރިން ތުރުކީ އަސްކަރިއްޔާއިން ބޭނުންކުރި މިސައިލް އުދުއްސާލުމުގެ ކުޅަދާނަކަން ލިބިފައިވާ މަނަވަރެކެވެ.

ތުރުކީގެ ދިފާއީ ވުޒާރާއިން ބުނީ މި ހަދިޔާއަކީ ތުރުކިޔޭ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ ފުޅާ އެއްބަސްވުމެއްގެ ދަށުން ހަދިޔާކުރި ހަދިޔާއެއް ކަމަށެވެ. އެގޮތުން މި އެއްބަސްވުމަކީ މެޓީރިއަލް ސަޕޯޓާއި ތަމްރީނުގެ ޒަރިއްޔާއިން ރާއްޖޭގެ ދިފާއީ ގާބިލްކަން އިތުރުކުރުމަށް އެކުލަވާލާފައިވާ އެއްބަސްވުމެކެވެ.

މި އުޅަނދު ރާއްޖެއަށް ޓްރާންސްފާކުރުމުގެ ތައްޔާރީތަކުގެ ތެރެއިން ޓީސީޖީ ވޮލްކަން އިން ވަނީ އިސްތަންބޫލް ނޭވަލް ޝިޕްޔާޑް ކޮމާންޑްގެ މެއިންޓެނެންސް އަދި މަރާމާތުތައް ވެސް ކޮށްފަ އެވެ. މި އުޅަނދު ޑޮކް ލޭންޑިން އުޅަނދެއްގައި ރާއްޖެ ގެންދިއުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހާއި ޖޫން މަހުގެ ތެރޭގައި އެވެ.

މި މިސައިލް މަނަވަރު ރާއްޖެ އައުމުން ތުރުކީގެ ކަނޑުގެ ސިފައިންގެ ޓީމަކުން މި ބޯޓު އެކްޓިވޭޓް ކުރާނެ އެވެ. އަދި ފުލް ޓްރާންސްފާ މަރުހަލާ ޖުލައި މަހު ނިމޭނެ ކަމަށް ބެލެވެ އެވެ.

View post on Twitter

ބޯޓުގައި ޚިދުމަތް ކުރާނެ ދިވެހި ސިފައިން ތަމްރީނުކުރުމުގެ މަސައްކަތް އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ތުރުކިޔޭގައި ފަށާފައިވާއިރު، މި ތަމްރީނުތައް އަންނަ މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ތުރުކީގެ ކަނޑުގެ ސިފައިންގެ އިންސްޓްރަކްޓަރުން ރާއްޖޭގައި ތިބި ފުލް ކްރޫންނަށް ދެ ހަފުތާގެ އެޑްވާންސް އޮންބޯޑް އޮޕަރޭޝަނަލް ޓްރެއިނިން ދޭނެ އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside