logoEN
Sto top
ލެވޮންޑަސްކީގެ ދެލަނޑާއެކު ޑޯޓްމަންޑް އަތުން ބާސެލޯނާއަށް ފަސޭހަ މޮޅެއް

ލެވޮންޑަސްކީގެ ދެލަނޑާއެކު ޑޯޓްމަންޑް އަތުން ބާސެލޯނާއަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

4/9/2025, 10:33:08 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ޗެންޕިއަންސް ލީގު# ބޮރޫޝިއާ ޑޯޓްމަންޑް # ބާސެލޯނާ

ބާސެލޯނާއި ޑޯޓްމަންޑް ވާދަކުރި މެޗުގެ ތެރެއިން..

ޔުއެފާ ޗެންޕިއަންސް ލީގު ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން އެންމެ ފަހުގެ ރަނަރަޕް ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް ބާސެލޯނާ އިން ސެމީފައިނަލްގެ ފުރުސަތު ބޮޑުކޮށްފިއެވެ.

Wamco

މިއަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ބާސެލޯނާ ޖާގަހޯދީ ދެވަނަ ބުރުގައި ޕޯޗުގަލްގެ ބެންފީކާ 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި ޑޯޓްމަންޑް ކުއާޓާ ފައިނަލުން ޖާގަހޯދީ ދެވަނަ ބުރުގައި ފްރާންސްގެ ލިލް 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.

މީގެ އިތުރު މުބާރާތުގެ ލީގުބުރުގައި ޑޯޓްމަންޑްގެ ދަނޑުގައި މިދެޓީމު ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތިޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބާސާ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ބާސެލޯނާ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްގައެވެ.

އެގޮތުން މިމެޗުގައި އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވޮންޑަސްކީ ދެލަނޑު ކާމިޔާބުކުރިއިރު، ބްރެޒިލްގެ ފޯވާޑް ރަފީނިއާ އަދި ޒުވާން ފޯވާޑް ލަމީން ޔަމާލް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބާސެލޯނާގެ ފޯވާޑް ލެވޮންޑަސްކީ އެވެ.

މިދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ބޮރޫޝިއާ ޑޯޓްމަންޑްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside