logoEN
Sto top
ރައީސްގެ ތާރީހީ ޕޯލްގެ ނަތީޖާ: މެޖޯރިޓީ ބޭނުންވަނީ 2000 ގެ ފަހުން އުފަންވި އެންމެނަށް ދުންފަތް މަނާކުރަން!

ރައީސްގެ ތާރީހީ ޕޯލްގެ ނަތީޖާ: މެޖޯރިޓީ ބޭނުންވަނީ 2000 ގެ ފަހުން އުފަންވި އެންމެނަށް ދުންފަތް މަނާކުރަން!

އަހުމަދު ޝުރާއު

logo

4/8/2025, 12:09:17 PM

# ރައީސް މުއިއްޒު

--

ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވާނޭ ގޮތާމެދު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މީސް މީޑިއާގައި ހުޅުވާލި ޕޯލަށް ވޯޓު ދިނުމުގެ ސުންގަޑި މިއަދު ހަމަވި އިރު ގިނަ ބަޔަކު ވަނީ މި ޕޯލްގައި ވޯޓުލާފައި އެވެ.

Wamco

އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ހުޅުވާލައްވާފައިވާ ޕޯލްގައި ވަނީ، ޖެނެރޭޝަނަލް ބޭން ކަނޑައެޅުއްވުމުގައި އެ މަނިކުފާނު ހުށައަޅުއްވާ ގޮތްތައް ހިއްސާކުރައްވާފައެވެ. އެ ގޮތުން އެ މަނިކުފާނު ހުށައަޅުއްވާ ގޮތްތަކުގެ ތެރެއިން ގޮތެއް އިޚުތިޔާރުކުރެއްވުމަށް ޕޯލްގައި ވަނީ އެދިވަޑައިގެންފައެވެ.

ޖެނެރޭޝަނަލް ބޭން، ކަނޑައެޅުއްވުމުގައި އެ މަނިކުފާނު ހުށައަޅުއްވާ ގޮތްތަކަކީ:1. 2007 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން2. 2004 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން3. 2000 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

މި ޕޯލަށް ވޯޓުލުމުގެ ސުންގަޑި މިއަދަށް ހަމަވި އިރު މި ޕޯލަށް 128،000 ވިއުސް ވަނީ ލިބިފައި އެވެ، އަދި 554 މީހުން ޕޯލަށް ލައިކް ދިން އިރު 545 މީހަކު ޕޯލް ރިޓުވީޓުކޮށް 186 މީހަކު ވަނީ ކޮމެންޓު ކޮށްފައި އެވެ.

އަދި ޖުމުލަ 5501 މީހަކު ވަނީ ޕޯލަށް ވޯޓުދީފައި އެވެ. ޕޯލުގެ ނަތީޖާއަށް ބަލާއިރު އެންމެ ގިނަ ބަޔަކު ވޯޓު ދީފައިވަނީ 2000 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށެވެ. އެއީ އުމުރުން މިހާރު 25 އަހަރު މިއަހަރު ފުރޭ ކުދީންނެވެ. އެކުދީންނަށް ދުންފަތް މަނާކުރުމަށް ޕޯލުގައި ބައިވެރިވި 51 އިންސައްތަ މީހުން ވަނީ ވޯޓު ދީފައި އެވެ.

އަދި 2007 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް 41 އިންސައްތަ މީހުން ވޯޓު ދިން އިރު 2004 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް ވޯޓު ދީފައިވަނީ 8 އިންސައްތަ މީހުންނެވެ.

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން، މި ހިނގާ އެޕްރިލް މަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، މިކަމާ ގުޅޭ ކެބިނެޓް ކަރުދާސް ތައްޔާރުކުރެއްވުމުގައި ކަމާގުޅޭ ފަރާތްތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންނާއި، އަދިވެސް އެނޫންވެސް ފަރާތްތަކުގެ މަޝްވަރާވެސް ހޯއްދަވަން އިރުޝާދު ދެއްވާފައިވާނެކަން ހާމަކުރައްވާފައެވެ.

ޕޯލަށް ހުޅުވާލެއްވި ތިން ގޮތް ހުށައެޅުއްވުމުގެ ޙިކުމަތަކީ، 18 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުން، ނުވަތަ ޒުވާނުން އެކަމުގެ ތެރޭގައި އެހާ ގިނަ ދުވަސް ނުވަނީސް، އެ ވަބާއިން ސަލާމަތް ކުރަން ފަސޭހަވާނެކަމުގައި ވާތީ ކަމަށްވެސް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside