logoEN
Sto top
ދ. އަތޮޅު ރައްޔިތުން ދަތުރުދިޔުމަށް ހަމަޖެއްސި އުއްދޫ މިމަހު 15 ގައި ހުޅުވާލަނީ

ދ. އަތޮޅު ރައްޔިތުން ދަތުރުދިޔުމަށް ހަމަޖެއްސި އުއްދޫ މިމަހު 15 ގައި ހުޅުވާލަނީ

އަހުމަދު ޝުރާއު

logo

4/8/2025, 9:24:05 AM

# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ

--

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މި އަހަރުތެރޭ ދ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ދަތުރުދާ ރަށެއްގެ ގޮތުގައި ހަމަޖައްސަވައި ދެއްވި، އެ އަތޮޅު އުއްދޫ މި ހިނގާ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ހުޅުވައިލުމަށް ތައްޔާރުވަމުންދާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

Wamco

މިނިސްޓަރ މިހެން ވިދާޅުވީ އިއްޔެ މިނިސްޓްރީގެ މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ މި ވަގުތު ފޯރުކޮށްދެވެން ހުރި ޚިދުމަތްތައް އުއްދޫގައި ހަމަޖައްސަވައި ދެއްވައި، މި މަހު 15 ވަނަ ދުވަހު އުއްދޫ ހުޅުވައިލުމަށް ނިންމަވައިފައިވާ ކަމަށެވެ.

ދަތުރުދާ ރަށެއްގެ ގޮތުގައި އުއްދޫ ހުޅުވައިލާ އިރު، ޚިދުމަތްތައް އެންމެ ފުރިހަމައަށް ލިބެން ނެތް ނަމަވެސް ކައިރި ތާރީޚެއްގައި މިނިސްޓްރީގެ ރެކްރިއޭޝަން ކުލަބާ އެ ރަށް ޙަވާލުކުރެވި، ރަށުގެ ކޮންސެޕްޓް ޕްލޭނެއް އެކުލަވައިލާ، ދަތުރުދާ ފަރާތްތަކަށް އެކަށޭނަ ޚިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތް ފެށިގެން ދާނެއެވެ.

މި ވަގުތު ވެސް އުއްދޫ ބެލެހެއްޓުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ މުވައްޒަފުން އަންނަނީ ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside