logoEN
Sto top
ތިން އަތޮޅެއްގައި ކުޑަކުދިންގެ ޕާކުތައް ހެދުމުގެ މަސައްކަތްތައް ކުރިޔަށް އޮތް ހަފްތާގައި ފަށަނީ

ތިން އަތޮޅެއްގައި ކުޑަކުދިންގެ ޕާކުތައް ހެދުމުގެ މަސައްކަތްތައް ކުރިޔަށް އޮތް ހަފްތާގައި ފަށަނީ

އަހުމަދު ޝުރާއު

logo

3/21/2025, 8:22:12 AM

# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ

--

ށ. އަތޮޅާއި، ނ. އަތޮޅާއި އަދި މ. އަތޮޅުގައި ހަދަން ހުރި ކުޑަކުދިންގެ ޕާކުތަކުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔުމަށް ޓަކައި، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކާއެކު ވާހަކަދައްކައިގެން ފަށާނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

Wamco

އެ މަނިކުފަނު މިހެން ވިދާޅުވީ އެ މިނިސްޓްރީގެ ރެކްރިއޭޝަން ކުލަބުގެ ފަރާތުން ޕަބްލިކް ވާރކްސް ޑިޕާޓްމަންޓްގައި ބޭއްވި ތަރާވީހުގައި ދެއްކެވި ވާހަކަފުޅުގައެވެ. އަދި މިނިސްޓަރ ރޭ ދެއްކެވި ވާހަކަފުޅުގައި ޢީދުލައިޓްތައް އަތޮޅުތެރެއަށް ފޮނުވުމަށް ޓަކައި ސްޓެލްކޯއިން ލައިޓްތައް ޕެކްކުރުމުގެ މަސައްކަތް ހުޅުމާލޭގައި ކުރިއަށް ގެންދާ ކަމަށް ވިދާޅުވިއެވެ.

އިތުރު ތަފްޞީލު ދެއްވަމުން މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، މި ދިޔަ އަހަރު ދިއްލި ރަށްރަށާއި، ސިޓީތަކުގެ އިތުރުން، އިތުރު 36 ރަށެއް މި އަހަރު ދިއްލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އަހަރު އަލަށް ދިއްލުމަށް ހަމަޖެހިފައި ވަނީ ކޮންމެ އަތޮޅެއްގެ ވެސް އާބާދީގެ ގޮތުން އެންމެ ބޮޑު ދެ ރަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ރޭ ދެއްކެވި ވާހަކަފުޅުގައި، ޢީދު ލައިޓް ހޯދުމަށް އެދޭ ރަށްރަށުގެ ޢަދަދު އިތުރުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އަދި ޢީދަށް ރަށްތައް ދިއްލުމަކީ، ރައްޔިތުންގެ ހިތްހަމަޖެހުމާއި، އުފަވެރިކަމުގެ އިތުރުން ދީނީ ސިއާރުފާޅުކުރުމަށް ޓަކައި ކޮންމެހެންވެސް ކުރުން މުހިންމު ކަމެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މި އަހަރުގެ ޢީދުލައިޓް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ 29 ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ އަދާހަމަ ހާމަކުރައްވާ މިނިސްޓަރ ރޭ ދެއްކެވި ވާހަކަފުޅުގައި، މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ވަރަށް ފޯރީގައި ކުރިއަށް އެބަ ދާކަމަށާއި، ރަސްފަންނާއި، ސަލްޓަން ޕާކު ބެލެހެއްޓުމުގައި ވެސް މުހިންމު މަސައްކަތްތަކެއް މިނިސްޓްރީގެ ފަރާތުން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside