logoEN
Sto top
ކްލަބް އެމްސީއެލްޕީގެ ފުރަތަމަ މަދަޙަ މުބާރާތުގެ 1 ވަނަ، ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު ޢަލީއަށް!

ކްލަބް އެމްސީއެލްޕީގެ ފުރަތަމަ މަދަޙަ މުބާރާތުގެ 1 ވަނަ، ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު ޢަލީއަށް!

އަހުމަދު ޝުރާއު

logo

3/20/2025, 8:43:18 AM

# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ

--

މިނިސްޓްރީސް އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ރެކްރިއޭޝަން ކުލަބުގެ، ފުރަތަމަ މަދަޙަ މުބާރާތުގެ ފަޚުރުވެރި 1 ވަނަ ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު ޢަލީ ހޯދައިފި އެވެ.

Wamco

އެ މިނިސްޓްރީގެ ޕަބްލިކް ވާރކްސް ޑިޕާމެންޓްގައި ބޭއްވި ޚާއްޞަ ތަރާވީހާއެކު ކުރިއަށް ގެންދިޔަ މި މަދަޙަ މުބަރާތުގައި އެ މިނިސްޓްރީ ތަފާތު ގިންތީގެ ތަފާތު ޖިންސުގެ ބޭފުޅުން މަދަޙަ ހުށަހެޅުއްވިއެވެ.

ލަވަކިޔުމުގެ ފަންނުގައި، ރާއްޖޭގައި ނަން މަޝްހޫރު 3 ބޭފުޅަކު ފަނޑިޔާރުކަން ކޮށްދެއްވި މި މުބާރާތުގެ އިސް ފަނޑިޔާރު މުޙައްމަދު ޢަބްދުލްޣަނީ (ތޭރަވާ) ވިދާޅުވީ، މި މުބާރާތުގައި މަދަޙަ ހުށަހެޅުއްވި ބޭފުޅުންގެ ހުށަހެޅުއްތަކުން މި މިނިސްޓްރީގައި ރަނގަޅު ފެންވަރުގައި މަދަޙަ ހުށަހެޅޭނެ ބޭފުޅުން ތިއްބެވިކަން ފާހަގަވެގެން ދިޔަ ކަމަށެވެ.

އެމްސީއެލްޕީ ރެކްރިއޭޝަން ކުލަބުގެ، ފުރަތަމަ މަދަޙަ މުބާރާތުގެ 2 ވަނަ، ހާސިލްކުރީ ޕޮލިޓިކަލް ޑިރެކްޓަރ މަޢުރޫފް ޙުސައިނެވެ. 3 ވަނަ ޙާޞިލްކުރެއްވީ އާކިޓެކްޓަރ އާމިނަތު ސަމީޒާއެވެ. މި މުބާރާތުގެ ވަނަތައް ހާސިލްކުރި ފަރާތްތަކަށް އިނާމު ޙަވާލުކޮށްދެއްވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި، އިސް ފަނޑިޔާރު މުޙައްމަދު ޢަބްދުލްޣަނީއެވެ.

ރޭ ބޭއްވުނު މި ޚާއްޞަ ތަރާވީހުގައި މިނިސްޓްރީގެ ގިނަ ޢަދަދެއްގެ ދޭސީ އަދި ބިދޭސީ މުވައްޒަފުން ވެސް ބައިވެރިވެލެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside