logoEN
Sto top
ދާއިމީކޮށް ބޭސް ބޭނުންކުރާ ފަރާތްތަކުގެ ރަޖިސްޓްރީއެއް އެކުލަވާލަނީ

ދާއިމީކޮށް ބޭސް ބޭނުންކުރާ ފަރާތްތަކުގެ ރަޖިސްޓްރީއެއް އެކުލަވާލަނީ

އަހުމަދު ޝުރާއު

logo

3/19/2025, 10:32:04 AM

# ހެލްތު މިނިސްޓްރީ

--

އަތޮޅުތެރޭގައި ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާކުރާ މީހުންނާއި ދާއިމީ ގޮތެއްގައި ބޭސް ބޭނުންކުރާ ފަރާތްތަކުގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް ނިންމައިފިއެވެ.

Wamco

ގައިން ގަޔަށް ނާރާ ބަލިތައް (އެންސީޑީ)އާއި އެހެނިހެން ގޮތްގޮތުން ދިގުމުއްދަތަކަށް ބޭސް ބޭނުންކުރާ ފަރާތްތަކުގެ ރަޖިސްޓްރީއެއް އެކުލަވާލުން ނިންމާފައިވަނީ އެ ފަރާތްތަކަށް ބޭނުންވާ ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، ގަވާއިދުން ޓެސްޓްތައް ހެދުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދެވޭކަން ކަށަވަރުކުރުމަށެވެ.

އެގޮތުން 2025 އެޕްރީލު 1 އިން ފެށިގެން ނ އަދި ށ.އަތޮޅުގެ ރަށްތަކުގައި މި ރަޖިސްޓްރީ އެކުލަވާލުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ. އަދި އެހެނިހެން އަތޮޅުތަކުގައިވެސް ކުރިއަށްއޮތް 3 މަސް ދުވަހުގެ ތެރެއިން މި މަސައްކަތް ފެށުމަށް ވަނީ ރޭވިފައެވެ.

އަދި މިޚިދުމަތް ތަންފީޒު ކުރުމަށްޓަކައި ކޮންމެ ހެލްތު ފެސިލިޓީއަކުން ފޯކަލްޕޮއިންޓެއް ކަނޑައަޅާ ކޯޑިނޭޓް ކުރެވޭނޭ އިންތިޒާމް ހަމަޖައްސާފައިވާއިރު، ބޭނުންވާ ބޭހުގެ ލިސްޓް އަދި ބަލީގެ ޓެސްޓްތައް ހަދާ، ކޮންޓިނިއު ކުރެވޭނޭ އިންތިޒާމްތައް ވެސް ވަނީ ހަމަޖެހިފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside