logoEN
Sto top
އިސްރާއިލުން ޣައްޒާއަށް ދިން ވަރުގަދަ ހަމަލާ, ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އިސްރާއިލުން ޣައްޒާއަށް ދިން ވަރުގަދަ ހަމަލާ, ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އަހުމަދު ޝުރާއު

logo

3/18/2025, 5:02:03 PM

# ރާއްޖެ - ފަލަސްތީން

--

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ރޭ ދިން ވަރުގަދަ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

Wamco

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 400 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލި، ކުށެއް ނެތް އެތައް ކުޑަކުދިންނެއް ޝަހީދުވި ހާދިސާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. ހާއްސަކޮށް ރަމަޟާން މަހު ދިން މި ހަމަލާއަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ އިތުރުން ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާއި ވަރަށް ބޮޑަށް ހިލާފު ހަމަލާއެއްގެ ގޮތުގައި ދިވެހި ސަރުކާރުން ސިފަކުރެއެވެ.

ރާއްޖޭއިން ވަނީ ހަމަނުޖެހުންތައް އިތުރުވުން ހުއްޓުވުމަށާއި ކުށެއް ނެތް އާންމުން ހިމާޔަތްކުރުމަށާއި އިސްރާއީލުގެ އަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް ބަޔާނުގައި ގޮވާލާފައެވެ.

އަދި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާކަން ތަކުރާރުކޮށް ބަޔާނުގައި ބުނެފައިވަނީ، ފަލަސްޠީނުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ މިނިވަން އަދި އިސްތިޤްލާލީ ދައުލަތެއް ޤާއިމުކުރަން ރާއްޖެއިން ތާއީދުކޮށް ގޮވާލާ ކަމަށެވެ.

ޔަހޫދީން ރޭ ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 404 އަށް އަރާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside