logoEN
Sto top
އަރިޔަދޫގައި "ކޮކްނަޓް ޑިވެލޮޕްމަންޓް ސެންޓަރ" ޤާއިމްކުރުމުގެ މަޝްވަރާގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް!

އަރިޔަދޫގައި "ކޮކްނަޓް ޑިވެލޮޕްމަންޓް ސެންޓަރ" ޤާއިމްކުރުމުގެ މަޝްވަރާގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް!

އަހުމަދު ޝުރާއު

logo

3/18/2025, 8:42:12 AM

# އަރިޔަދޫ

--

އދ އަރިޔަދޫގައި "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރ" އެއް ގާއިމްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތްތަކާއިގުޅޭގޮތުން ޚިޔާލާއި މަޝްވަރާ ދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް ނަން ނޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

Wamco

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން މިއަދު ބުނީ އދ. އަރިޔަދޫ އަކީ ދަނޑުވެރި ކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ރަށެއްގެ ގޮތުގައި 2025 މާރިޗް 9 ވީ އާދީއްތަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ވަނީ ނިންމަވާފައެވެ. އެއާއިއެކު ދިވެހިރާއްޖޭގައި ރުއް އާލާ ކުރުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން އަރިޔަދޫގައި "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރ" އެއް ގާއިމުކޮށް ދިވެހިރާއްޖޭގައި ހެދޭ، އަދި ހައްދަން ބޭނުންވާ މަތިވަރާއި، ފެންވަރު ރަނގަޅު (ޖެނެޓިކަލީ އިމްޕްރޫވްޑް) ރުކުގެ ނާސަރީތަކެއް ގާއިމުކޮށް ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރު ކޮށްދިނުމުގެ މަސައްކަތް ކުރުމަށްވަނީ ނިންމާފައެވެ.

އެހެންކަމުން މި މަސައްކަތް ކުރިޔަށް ގެންދާނެ ގޮތްތަކާއިގުޅޭގޮތުން ޚިޔާލާއި މަޝްވަރާ ދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް ނަން ނޯޓް ކުރުމުގެ ފުރުޞަތު އެ ވުޒާރާއިން ހުޅުވާލާ ކަމަށާއި މި ފޯމު މެދުވެރިކޮަށް ނަން ނޯޓު ކުރެވޭނެ ކަމަށް އެވުޒާާރާއިން ބުނެއެވެ.

އެ ވުޒާރާއިން އަރިޔަދޫގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްގައި ހޭޅިފަށުގައި ހެދޭ ގަސްގަހާއިގެހި އާލާ ކުރުމަށާއި، ކާނާގެ ޔަގީންކަން ގާއިމުކުރުމަށްޓަކައި، ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ތަފާތު މުޑުވައްތައްވެސް އެރަށުގައި އުފެއްދުމަށް ވެސް ވަނީ ނިންމަވާފައެވެ.

ޤައުމީ ފެންވަރުގައި ކުރާ މިފަދަ ބޮޑެތި މަޝްރޫޢުތަކަށް އާންމުންގެ ޙިޔާލާއި މަޝްވަރާ އަކީ ނުހަނު ބޭނުންތެރި، ކަމެއްގެ ގޮތުގައި އެވުޒާރާއިން ދެކެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside