
ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރާ އިސްލާހު ރައީސް ތަސްދީގުނުކުރެއްވި: ބިލް އަނބުރާ މަޖިލީހަށް!
# ރައީސް މުއިއްޒު--
ރާއްޖޭގެ އެންމެ މަތީ ކޯޓު, ސުޕްރީމު ކޯޓުގެ ބެންޗު ކުޑަކުރުމަށް މަޖިލީހުން ފާސްކުރި އިސްލާހު ރައީސް ޑރ މުހައްމަދު މުއިއްޒު ތަސްދީގުނުކުރައްވައި އަނބުރާ އެއިސްލާހުގެ ބިލް މަޖިލީހަށް ފޮނުއްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤާނޫނު ނަންބަރު، 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 5 ވަނަ އިސްލާޙް ގެނައުމުގެ ބިލު، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަލުން ވިސްނެވުމަށް އެދިވަޑައިގެން އަނބުރާ ރައްޔިތުންގެ މަޖިލީހަށް، މިއަދު ފޮނުއްވާފައިވާ ކަމަށެވެ.
މި ބިލަކީ، މި އަހަރުގެ ފެބްރުއަރީ 26 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައި ފާސްކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، ތަޞްދީޤުކުރެއްވުމަށް ފޮނުއްވާފައިވާ ބިލެކެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ބެންޗުގައި ތިބޭ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) އެވެ. މި ބިލް ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރީ އެންމެ ދެދުވަހުގެ ތެރޭގައި އެވެ.
ގުޅުންހުރި

ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރާ އިސްލާހު ތަސްދީގުނުކުރެއްވި

ކޮމަންވެލްތާއި މެންބަރު ޤައުމުތަކާއެކު އޮތް ގުޅުން ހަރުދަނާކުރުމަށް ރާއްޖެ އޮތީ ތައްޔާރަށް - ރައީސް

އަންހެނުންގެ ދައުރާއި ވާގިވެރިކަން ނެތި އެއްވެސް ޤައުމެއް، ވަޠަނެއް، ދެމި ނޯންނާނެ - ރައީސް
