logoEN
Sto top
މަޝްރޫޢުތައް މޮނިޓަރކުރަން ޙާއްޞަ ޓީމުތަކެއް އެކުލަވާލަނީ

މަޝްރޫޢުތައް މޮނިޓަރކުރަން ޙާއްޞަ ޓީމުތަކެއް އެކުލަވާލަނީ

އަހުމަދު ޝުރާއު

logo

2/27/2025, 10:40:20 AM

# އާދަމް ޝަރީފް އުމަރު

--

ރަށްރަށުގެ ތަރައްޤީއަށް ހިންގާ ތަފާތު، މަޝްރޫޢުތައް މޮނިޓަރކުރަން ޙާއްޞަ ޓީމުތަކެއް ނެންގެވުމަށް ހަމަޖެހިފައިވާ ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

Wamco

ވަޒީރު މިހެން ވިދާޅުވީ މި އަހަރުގެ ލާމަރުކަޒީ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާ ބެހޭ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކައުންސިލްތަކަށް ޚާއްޞަކޮށްގެން ބޭއްވި މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ކައުންސިލްތައް ހިންގުމުގައި ދިމާވާ ހުރަސްތައް ކުޑަކުރުމަށް ޓަކައި ލާމަރުކަޒީ ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތަކާ މެދު ފުންކޮށް ވިސްނާ މަޝްވަރާކުރުމެވެ. މި ބައްދަލުވުމުގައި ކައުންސިލަރުންގެ އިތުރުން ޑެޕިޔުޓީ މޭޔަރުންނާއި، އެލްޖީއޭ އަދި އެ ވުޒާރާގެ އިސް ވެރިން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި ސަރުކާރާއި، ކައުންސިލްތަކާ ގުޅުވައިދިނުމަށް މުހިންމު މަސައްކަތްތަކެއް ވުޒާރާއިން ކުރައްވަމުން ގެންދަވައި ކަމަށް ވިދާޅުވިއެވެ. އަދި ރަށްރަށުގައި މަޝްރޫޢުތައް ކުރިއަށްގެންދަން ރާވާ އިރު އެ ކަމުގެ މަޢުލޫމާތު ދުރާލާ ކައުންސިލްތަކަށް އެނގިފައި އޮތުމަކީ މުހިންމު ކަމެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"ކައުންސިލްތައް ތަރައްޤީކުރުން، ކުޑަކުދިންގެ ޕާކު ތަރައްޤީކުރުން، ކޮންމެ ކަމެއް ފަށައި އިރުވެސް ކޮންމެ ރަށަކުން މޮނިޓަރިންގ ޓީމެއް އެކުލަވައިލާނެ. ޔަޤީންކުރަން ބޭނުންވަނީ ހިންގަމުންދާ މަޝްރޫޢުއަށް ކައުންސިލްގެ ފަރާތުން، ރަށުގެ ފަރާތުން ބަސް ބުނާނެ ބަޔަކު ތިބިކަން" ވަޒީރު އާދަމް ޝަރީފު ވިދާޅުވިއެވެ.

ލާމަރުކަޒީ ދުވަހާ ގުޅިގެން މި އަހަރު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގެ ތެރެއިން މުހިންމު ޚިޔާލުތަކެއް ވަނީ އެ ވުޒާރާއަށް ލިބިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside